ads
ޔޫސުފް ބަރުބަރީ މިސްކިތް
މިސްކިތްތައް ސާފުކުރުން ސިޓީ ކައުންސިލަށް
މިސްކިތްތައް ފޮޅާ ސާފުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކޮށްފިއެވެ،

ކައުންސިލް ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މޭޔަރ އާޒިމް ވިދާޅުވީ މިހާތަނަށް ކުންފުނިތަކާއި ހަވާލުކޮށްގެން މިސްކިތްތައް ފޮޅާ ސާފުކުރުމުން އައީ މަހަކު 2.2 މިލިއަން ރުފިޔާއަށް ކަމަށެވެ. ކައުންސިލުން އެ މަސައްކަތް ކުރިނަމަވެސް ވަކި އިތުރު ހަރަދު ނުހިނގާކަން ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ ކައުންސިލުން އެ މަސައްކަތް ކުރަމުން އައީ 2.1 މިލިއަން ރުފިޔާ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ މިސްކިތްތައް ސާފުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލު ކުރުމުން އޭގެ ނަތީޖާ އެހާ ރަނގަޅު ނޫން ކަމަށެވެ. އަދި މިސްކިތައް މަރާމަތުކުރަން ހަވާލުކުރުމުންވެސް މިސްކިތްތަކާއި މިސްކިތްތަކުގެ ފާހާނާތައް ހަޑިވެ އެތައް ޝަކުވާތަކެއް އަންނަކަމަށް ނަރީޝް ވިދާޅުވިއެވެ.

މިސްކިތްތަކުގަ އޭރު މަސައްކަތްކުރަމުން އައީ ކައުންސިލަށް ޖަވާބުދާރީވެވޭނެ ފަދަ މުވައްޒަފުންތަކެއް ނޫން . ކުންފުނިތަކަށް އެކަން ހަވާލުކުރުމުން އެ މީހުން ނަގާފައި ހުރީ ބިދޭސީ މުވައްޒަފުން. އެ މީހުން އައިސް އެއްޗަކަށް އެއްޗެއް ހަދާފައި ފޮޅައި ސާފުކޮށްފަައި މިދަނީ. އެހެންވީމާ ހަގީގަތުގައި މިސްކިތަށް އޮންނަ ލޯތްބާއި އިހުތިރާމާ އެކު ސާފުކުރާ ތަނެއް ނުފެނޭ. ނަރީޝް ވިދާޅުވި އެވެ.

ކައުންސިލަށް ކޮންމެ އަހަރަކު ބާއްވަން ލާޒިމުކުރާ ރައްޔިތުންގެ ބައްދަލުވުން މި މަހުގެ 29 ގައި ބާއްވަން މާލޭ ސިޓީން ކައުންސިލުން ވަނީ ނިންމާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް