ads
ދިގު މުއްދަތަކަށް ކޯވިޑު ޖެހޭ އަންހެނުންނަށް ނުރައްކާތައް ބޮޑު
ދިގުދެމިގެންދާ އަލާމާތްތަކާ ގުޅިފައިވާ ހާލަތެއް ކަމަށްވާ "ލޯންގް ކޯވިޑް" ޖެހޭ އަންހެނުންނަށް ޖިންސީ ގުޅުން ހިންގުމާ ގުޅުން ހުރި މައްސަލަތަކެއް ދިމާވާކަމަށް 'ޖާނަލް އޮފް ސެކްޝުއަލް މެޑިސިންގައި' ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނެފިއެވެ.

ގާތްގަނޑަކަށް %8.5 އަންހެނުންނަށް ދިގު މުއްދަތަކަށް ދެމިގެންދާ ކޮވިޑް-19 ގެ އާލާމަތްތަކުގެ ސަބަބުން، ޖިންސީ ސިއްހަތަށް އޭގެ އަސަރު ކޮށްފާނެ ކަމުގެ ކަންބޮޑުވުންއެބައޮތްކަމަށް އެ ދިރާސާގައި ބުނެފައިވެއެވެ.

މި ދިރާސާގައި 2000 އަންހެނުންގެ ޑޭޓާ ތަހުލީލުކޮށްފައިވާއިރު، ކުރިން ކޮވިޑް-19 ޖެހިފައިވާ އަންހެނުންގެ ޖިންސީ އެދުން، ލުބްރިކޭޝަން، އަދި ހިތްހަމަޖެހުން ދުވަހަކުވެސް ވައިރަސް ނުޖެހުނު އަންހެނުންނާ އަޅާބަލާއިރު ދަށްކަން ފާހަގަކުރެވުނެވެ. 

ކޮވިޑް-19 ޖެހިފައިވާ އަންހެން ބަލިމީހުންނާ ޖިންސީ ގުޅުން ހިންގުމާ ބެހޭ ގޮތުން ބައިވެރިއާއި މަޝްވަރާކޮށް، ބޭނުންވާ ވަސީލަތްތަކާއި ބޭނުންވާ ކަންކަން ބައިވެރިއާއި ގުޅިގެން ހަމަޖެއްސުމަށް ސިއްހީ ހިދުމަތްދޭ ފަރާތްތަކުން އިލްތިމާސް ކުރެއެވެ. 

ނޯތުވެސްޓަން ޔުނިވާސިޓީގެ ޑރ.ލޯރެން ސްޓްރައިޗާ ފާހަގަކުރާ ގޮތުގައި ދިގުމުއްދަތައް ކޮވިޑް ޖެހި ދިގުމުއްދަތަކަށް އެބަލި ހުންނަމީހުން ވަރުބަލިކަން ހިމެނޭ ގޮތަށް ޖުމްލަ ދުޅަހެޔޮކަމަށް ދިގު މުއްދަތަކަށް ލިބޭ ގެއްލުންތަކަކީ ޖިންސީ ގުޅުން ހިންގުމުގެ މައްސަލަތައް މެދުވެރިވާ ސަބަބަކަށް ވެދާނެ އެވެ. ޑރ. ލޯރެން ހުށަހަޅުއްވާފައިވާ ހައްލުތަކުގެ ތެރޭގައި ޖިންސީ ގުޅުން ހިންގުމަށް ވަގުތު ކަނޑައެޅުމާއި،  ލުބްރިކޭޝަން ޕްރޮޑަކްޓް ބޭނުންކުރުމާއި، ކޯވިޑް އަށް ކްލިނިކްތަކުން އެހީތެރިކަން ހޯދުން ހިމެނެއެވެ.

ދިގު މުއްދަތަކަށް ޖެހޭ ކޯވިޑްގެ ސަބަބުން ޖިންސީ ގުޅުން ހިންގުމުގެ ދަތިކަން ކުރިމަތިވާ އަންހެނުންގެ ތަޖުރިބާތައް މި ދިރާސާއިން ސައްހަ ކުރާއިރު، ވަގުތު ފާއިތުވަމުންދާ ވަރަކަށް އަލާމާތްތައް ރަނގަޅުވާނެކަމަށް ވެސް އެ ދިރާސާގައި ބުނެފައިވެއެވެ. މިހެންކަމުން ކެތްތެރިކަމާއި އަމިއްލަ ނަފްސަށް އޯގާތެރިވުމަށް ތަޖުރިބާކާރުން ހިތްވަރު ދެއެވެ.

މި ހޯދުންތަކުން ހާމަވަނީ ދިގު މުއްދަތަކަށް ކޯވިޑްގެ ސަބަބުން ޖިންސީ ގުޅުން ހިންގުމުގެ ސަބަބުން ކުރިމަތިވެދާނެ އަސަރާ ގުޅޭގޮތުން ސިއްހީ ހިދުމަތްދޭ ފަރާތްތަކާއި ބަލިމީހުންނާ ދެމެދު ހޭލުންތެރިކަން އިތުރުކޮށް ފާޅުކަން ބޮޑު ގޮތެއްގައި މަޝްވަރާ ކުރަންޖެހޭ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް