ads
ކަޅުދިރި ތެޔޮ ބުއިން
ހެނދުނު ހުސްބަނޑާ ކަޅުދިރި ތެޔޮ ބުއިން: އަޖައިބުކުރަނިވި ފައިދާތަކެއް
ހުސްބަނޑާ ކޮންމެ ދުވަހަކުވެސް އެއް ސައިސަމުސާ ކަޅު ދިރި ތެޔޮ ބޭނުންކުރަން ބައެއް ސިއްހީ މާހިރުން ލަފާދެއެވެ.

ނައިޖެލާ ސެޓިވާ ގަހުން އުފައްދާ މި ގުދުރަތީ ފަރުވާއަކީ ދިފާއީ ނިޒާމު ވަރުގަދަކޮށް ހަޖަމުކުރުމަށް އެހީތެރިވުން ފަދަ ސިއްހީ ފައިދާތައްލިބޭ އެއްޗެކެވެ. 

ކަޅު ދިރި ތެޔޮބޭނުންކުރަން ސިއްހީ މާހިރުން ލަފާދޭ މީުންގެ ތެރޭގައި ދިގު މުއްދަތަކަށް ހަމުގެ މައްސަލަތައް ޖެހިފައިވާ މީހުންނާ،  ހަޖަމުކުރުމުގައި އުނދަގޫވުމާއި، ދިފާއީ ނިޒާމު ބަލިކަށި މީހުން ހިމެނެއެވެ. 

ތައިމޯކުއިންއޯން، ތައިމޯލް، އަދި ތައިމޯހައިޑްރޯކުއިންއޯން ހިމެނޭ މި ތެލުގެ މުއްސަނދި އެކުލެވުމުން އެންޓިއޮކްސިޑެންޓް، އެންޓި-އިންފްލެމެޓަރީ، އަދި އެންޒައިމް އިންހިބިޝަން ޕްރޮޕަޓީސް ލިބިގެންދެއެވެ.

ކަޅުދިރި ތެޔޮ މަގުބޫލުކަން ހޯދަމުން އަންނައިރު، ސޯޝަލް މީޑިއާގައި ގިނަ މީހުން ރިޕޯޓްކުރާ ގޮތުގައި 2-3 ހަފްތާގެ ތެރޭގައި ފާހަގަކުރެވޭ ބަދަލުތަކެއް އަންނައިރު، ހަމުގެ ސިއްހަތު ރަނގަޅުވުމާއި، ހަކަތަގެ މިންވަރު އިތުރުވުމަކީ ފާހަގަކުރެވޭ ފައިދާތަކެކެވެ.

ކަޅު ދިރި ތެޔޮ ހިމެނޭ ގޮތަށް ޑައިޓޭރިއަން ސަޕްލިމެންޓްތަކުގެ ފައިދާ ބިނާވެފައިވަނީ ޖުމްލަ ސިއްހަތާއި ކާނާއާއި ދިރިއުޅުމުގެ ވައްޓަފާޅި ފަދަ ކަންކަމުގެ މައްޗަށްކަން ދެނެގަތުން ކޮންމެހެން މުހިންމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް