ads
ބީސީސީން އާއި ފެޑޯ ދެމެދު އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން
ބީސީސީގެ "ކްރިއޭޓާ ހަބް" އިމާރާތްކުރަން ހަވާލުކޮށްފި
ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ގާއިމްކުރާ ކްރިއޭޓާ ހަބް ޑިޒައިންކޮށް އިމާރާތް ކުރުމުގެ މަސައްކަތް ފެޑޯ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.

މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައި ވަނީ 400 ދުވަސް ތެރޭގައި މި މަސައްކަތް ނިންމާ ގޮތަށެވެ. 1500 އަކަފޫޓުގެ ޖާގައެއްގައި މި ހަބުގެ މަސައްކަތް ނިންމާ 2025 ވަނަ އަހަރުގެ މެދުތެރޭގައި ހުޅުވާނެކަމަށް ބީސީސީން ބުނެއެވެ،

މި އިމާރާތްގެ މަސައްކަތް ފެޑޯ ކުންފުންޏާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ބީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒިޔާއު މުހައްމަދެވެ. ފެޑޯ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަހްމަދު ފަޔާޒެވެ. 

"މި އިމާރާތް ވެގެން ދާނީ ފަންނުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފަސޭހައިން މަސައްކަތް ކުރެވޭނެ މަސައްކަތުގެ ޖާގަތަކާއި ފަންނުވެރި މަސައްކަތްތައް ކުރިއެރުވުމަށް ބޭނުންވާ ގިނަ ވަސީލަތްތައް ފަހިވެގެންދާނޭ ތަނަކަށް" ބީސީސީން ބުނެއެވެ.

މި ހަބް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ބީސީސީގެ އެސްއެމްއީ ހަބް ހުރި ބިމުގައެވެ،

ކްރިއޭޓާ ހަބް އަކީ ރާއްޖޭގެ ފަންނުވެރި އިގްތިސާދެއް ބިނާ ކުރުމަށް ވަޒީރުންގެ ލަފާ ފުޅުގެ މަތިން ރައީސް ޑރ.މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަންތައްތައް ތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. 

އެ އިމާރާތުގައި ގާއިމް ކުރެވޭ ވަސީލަތްތަކަކީ ފަންނުވެރި ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާނޭ އަދި މުހިންމު ވަސީލަތްތަކެއްކަން ކަށަވަރު ކުރުމަށް އެ ކޯޕަރޭޝަންއިން ދަނީ އެ ސިނާއަތުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި ތަފާތު ފޯރަމްތައްވެސް ބާއްވަމުން ކަމަށް ބީސީސީ އިން ބުނެއެވެ. 

ބިޒްނަސް ސެންޓަރު ކޯޕަރޭޝަނަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި، ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދީ ވިޔަފާރިތައް ކުރިއެރުވުމަށް އެހީތެރިވެ ދިނުމަށް އުފައްދާފައިވާ ސަރުކާރުގެ ކުންފުންޏެކެވެ  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް