ads
ހަމަލާއަށް ފަހު ޕީޖީގެ ފުރަތަމަ ބައްދަލުވުންތައް ބޭރުގެ ސަފީރުންނާއެކު
ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމަށް ދިން ހަމަލާއަށް ފަހު ޕީޖީގެ ފުރަތަމަ ބައްދަލުވުންތަކުގެގޮތުގައި އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި، އޮސްޓްރޭލިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާ ބައްދަލުކުރައްވައިފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމްގެ މި ބައްދަލުކުރެއްވުން ތަކަކީ ޕްރޮސިކިއުޓަރ ޖެނެރަލްއަށް އަމާޒުކޮށް 31 ޖަނަވަރީ 2024 ދުވަހު ބަޔަކު ދިން ހަމަލާއަށްފަހު އެމަނިކުފާނު ކުރިއަށްގެންދެވި ރަސްމީ ފުރަތަމަ ބައްދަލުވުމެވެ.

ވަކިވަކިން ކުރިއަށްގެންދެވި މި ބައްދަލުވުންތަކުގައި ސަފީރުން ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްއަށް އަމާޒުކޮށް ދިން ހަމަލާއާމެދު އެ ދެ ގައުމުން ކަންބޮޑުވެވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ. ދެ ގައުމުގެ ސަފީރުންނާއެކު ކުރެއްވި މަޝްވަރާގައި، ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު އިތުރަށް ކުރިއެރުވުމަށް ދެ ގައުމުގެ ސަރުކާރުން އެހީތެރިކަން ދެވެން އޮތް ދާއިރާތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައިވެއެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްއާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާ އޮންނަ ގުޅުމުގެ ތެރެއިން، ޖިނާއީ އަދުލުގެ ނިޒާމަށް ފަންނީ އެހީތެރިކަން ބޭނުންވާ ދާއިރާތައް ފާހަގަކޮށް، އެ ޑިޕާޓްމަންޓުން މިހާރުވެސް ގެންދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ ފަންނީ މާހިރުން، ޓެރަރިޒަމާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ މައްސަލަތަކުގައި އިންވެސްޓިގޭޓަރުންނާއި، ޕްރޮސިކިއުޓަރުންނާއެކު މަސައްކަތްކުރައްވާފައިވެއެވެ.

އޮސްޓްރޭލިއާ ސަރުކާރުންވެސް ގެންދަނީ ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް އެކި ދާއިރާތަކުން ފަންނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މި ބައްދަލުކުރެއްވުންތަކުގައި ދެ ގައުމުގެ ސަރުކާރުން ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް ވެދެއްވަމުންގެންދަވާ އެހީތެރިކަމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ޓެރަރިޒަމާ ދެކޮޅަށް މި ނިޒާމުން ކުރަމުންގެންދާ މަސައްކަތުގައި އެ ދެ ގައުމުގެ ސަރުކާރުން ދެއްވާ އެހީތެރިކަން ޕްރޮސިކިއުޓަރ ޖެނެރަލް ފާހަގަކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް