ads
މާލެއިން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
މާލެއިން ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ ގެއްލިފައިވަނީ މ. އެނބޫމާގެއާގެ، އުމުރުން 14 އަހަރުގެ ހަދީޖާ ޔަލްވީ ކަމަށެވެ.

އާއިލާއަށް ހަބަރެއްނުވެ އެ ކުއްޖާ ގެއްލިފައިވާ ކަމަށް ފެބުރުއަރީ 11 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާތީ، އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އެ އަންހެން ކުއްޖާ އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހުގެ 20:00 ހާއިރު، އެ ކުއްޖާ ދިރިއުޅޭ ގެއިން ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އެހެންކަމުން ހަދީޖާ ޔަލްވީގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަމްބަރު 9790163 / 3000600 އަށް ގުޅައިގެން މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް