ads
މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގެ ތެރެއިން - ފޮޓޯ: ފޮރިން މިނިސްޓްރީ
"އިންވެސްޓްކުރަން ހުރި ފައިސާ ހަރަދުވަނީ މޫސުމީ ގެއްލުންތަކުން އަރައިގަންނަން"
ރާއްޖޭގެ ތަރައްގީއަށް އިންވެސްޓްކުރަން ހުންނަ ފައިސާ ހޭދަކުރަންޖެހެނީ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގެ ތެރެއިން ކުރިއަށްދިޔަ ޕެނަލް ޑިސްކަޝަނެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، ރާއްޖެފަދަ ޖަޒީރާ ގައުމަކަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ނުރައްކާ ބޮޑުވަމުން އަންނަކަމަށެވެ.

އެހެންކަމުން އެފަދަ މައްސަލަތަކުން އަރައިގަތުމަށް ކުރަންޖެހޭ ހޭދަވެސް އިތުރުވެ، ތަރައްގީ އާއި ކުރިއެރުމަށް އިންވެސްޓްކުރަން ހުރި ފައިސާއިން އެކަންކަމަށް ހޭދަ ކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާފަދަ ރޮނގުތަކުން ތަރައްގީގެ މަޝްރޫއުތަކަށް އިންވެސްޓްކުރެވޭނެ ފައިސާ، މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށް ހޭދަކުރަންޖެހޭ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެހެންކަމުން މިނިސްޓަރު ވަނީ ރާއްޖެ ފަދަ މޫސުމީ ނުރައްކާ ބޮޑު ގައުމުތަކަށް ބޭންކުތަކުން މާލީ އެހީ ދޫކުރާ އުސޫލުތައް ބަދަލުކޮށް، އެހީ އަވަސްކުރުމާމެދު ވިސްނުމަށް ގޮވާލައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް