ads
ދެކުނާއި މެދުރާއްޖެތެރެއަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށްފި
ދެކުނާއި މެދުރާއްޖެތެރެއަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ބުނީ އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭކަމަށެވެ.

 އަދި ވިލާގަނޑަކުގައި ގަޑިޔަކު 40 މޭލަށް ވައި ގަދަ ވާނެކަމަށްވެސް މެޓުން ބުނެއެވެ.

މިއަދުގެ 18:00 އިން ފެށިގެން 23:00 އަށް ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށްވެސް ހުދު ސަމާލު ނެރެފައިވާއިރު، ވ އަތޮޅުން ފެށިގެން ލ. އަތޮޅަށް ވަނީ މިއަދު 15:30 އިން 19:30 އަށް ވަނީ ރީނދޫ ސަމާލުވެސް އެ އިދާރާއިން ނެރެފައިވެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހި ވައި ގަދަވާނެތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އެ އޮފީހުން އެދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް