ads
ދީޕިކާ އާއި ރަންވީރު--
ރަންވީރު ބަލަން ވަރަށް ފަސޭހަ، އޮންނަނީ 20 ގަޑިއިރު ނިދާފައި: ދީޕިކާ
21 ދުވަހުގެ ލޮކްޑައުނެއްގައި މުޅި އިންޑިއާ އޮތްއިރު މި ލޮކްޑައުނުގައި އެންމެ ބަލަން ފަސޭހައީ އެކްޓަރު ރަންވީރު ސިންގް ކަމަށް އޭނާގެ އަނބިމީހާ، ދީޕިކާ ޕަޑުކޯނު ބުނެފި އެވެ.

އިންޑިއާގެ ނޫސްވެރިއަކަށް ދިން ހާއްސަ އިންޓަވިއުއެއްގައި ދީޕިކާ ބުނީ ދުވާލަކު 20 ގަޑިއިރު ރަންވީރު ނިދާ ކަމަށާއި މިހެންކަމުން އޭނާ ބަލަން ވަރަށް ފަސޭހަ ކަމަށެވެ. 

ދީޕިކާ އިތުރަށް ބުނީ ރަންވީރު އެގޮތަށް ގިނަ ވަގުތު ނިދާފައި އޮތުމުގެ ސަބަބުން އޭނާ ކުރަން ބޭނުންވާ ކަންކަން ކުރަން ވަގުތުވާ ކަމަށެވެ.

ދީޕިކާ ބުނި ގޮތުގައި ރަންވީރު ހޭލާ ހުންނަ ހަތަރު ގަޑިއިރުގެ ތެރޭގައި އެމީހުން އެކުގައި ވަގުތު ހޭދަކުރެ އެވެ. އެގޮތުން ފިލްމެއް ބަލާލުމާއި ކެއުމާއި ކަސްރަތުގައި އަވަދިނެތި އުޅެވޭ ކަަމަށް ވެސް ބުންޏެވެ. 

ކޮވިޑް-19 އިންޑިއާގައި ވެސް ފެތުރެމުންދާތީ އެގައުމު، ލޮކްޑައުންކޮށްފައިވާއިރު ގޭގައި ތިބެން ފޫހިވާތީ ތަރިން ސޯޝަލް މީޑިއާގައި އުޅޭ ވަގުތު ވެސް އިތުރެވެ. އެގޮތުން ގޭގައި ތިބެގެން ކުރާ ކަންކަން މި ތަރިން އަންނަނީ ހިއްސާކުރަމުންނެވެ.

56%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
19%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް