ads
އިންޓަސްކޫލް އެތްލެޓިކްސް މުބާރާތުގެ ތެރެއިން
އިންޓަސްކޫލުގެ އެއްވަނަ އައްޑޫ ހައި ސްކޫލާ އެމްޖޭއެސްއަށް
އައްޑޫ ސިޓީގައި އޮތް އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު ސްކޫލުގެ މަގާމު އައްޑޫ ހައި ސްކޫލާއި ފުވައްމުލަކުގެ މުޙައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) ހޯދައިފިއެވެ.

އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތުގައި ޖުމްލަ 31 ސްކޫލަކުން ވަނީ ވާދަކޮށްފައެވެ.

މުބާރާތުގެ އެންމެ މޮޅު ސްކޫލުތަކުގެ ތެރެއިން އައްޑޫ ހައި ސްކޫލުން ވަނީ 20 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ބައިގެ އެއްވަނަ ހޯދާފައެވެ. އަދި އެމްޖޭއެސް ވަނީ 15 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ބައިން އެއްވަނަ ހޯދާފައެވެ.

މުބާރާތުގެ 17 އަހަރުން ދަށުގެ ފިރިހެން އެންމެ މޮޅު ސްކޫލަކަށް ޏ. އަތޮޅު ތަޢުލީމީ މަރުކަޒު ހޮވުނުއިރު، މި އުމުރުފުރާގެ އެންމެ މޮޅު އަންހެން ސްކޫލަކަށް ހޮވުނީ ޝަރަފުއްދީން ސްކޫލެވެ.

13 އަހަރުން ދަށުގެ ފިރިހެން ބައިން އެންމެ މޮޅު ސްކޫލަކަށް މަރަދޫ ސްކޫލް ހޮވުނުއިރު، އެ އުމުރުފުރާގެ އެންމެ މޮޅު އަންހެން ސްކޫލަކަށް ހޮވުނީ ހާފިޒު އަޙްމަދު ސްކޫލެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް