ads
ބައްސާމް
ފީފާގެ އެހީގައި އެފްއޭއެމުން މުސާރަ ދޭން ފަށައިފި
އެފްއޭއެމްގެ މުވައްޒަފުންނަށް ނުދެވި ހުރި އަހަރެއްހާ ދުވަހުގެ މުސާރައިގެ ތެރެއިން، އަށް މަސްދުވަހުގެ ދީފިއެވެ.

މާލީ ގޮތުން ބޮއްސުންލާފައިވާ އެފްއޭއެމްގެ މުވައްޒަފުންނަށް ނުދެވި ހުރި އަހަރެއްހާ ދުވަހުގެ މުސާރައިގެ ތެރެއިން، އަށް މަސްދުވަހުގެ މުސާރަ ދީފައިވާ ކަމަށް އެފްއޭއެމުން ބުނިއިރު، މުސާރަ ދީފައިވަނީ ފީފާގެ އެހީތެރިކަމާއެކުއެވެ.

އެފްއޭއެމުގެ ވަގުތީ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ޖައުޝަން ޝަރީފް (ޖައު) ވިދާޅުވީ މިހާތަނަށް އަށް މަސްދުވަހަށް، ޖުމްލަ 200,000 (ދެ ލައްކަ) އެއްހާ ޑޮލަރަށްވާ ފައިސާ ދީފައިވާނެ ކަމަށެވެ. އެހެންނަމަވެސް އެފްއޭއެމްގެ ޓެކްނިކަލް މުވައްޒަފުންގެ މުސާރަ އަދި ދެވިފައިނުވާ ކަމަށް ޖައު ވިދާޅުވިއެވެ. ވަރަށް އަވަހަށް ޓެކްނިކަލް މުވައްޒަފުންގެ މުސާރަވެސް ހަމަޖެހިގެންދާނެ ކަމަށްވެސް ޖައު ވިދާޅުވިއެވެ.

މުވައްޒަފުންނަށް މުސާރަ ނުދެވުމުގެ އިތުރުން އެކި އެކި ހިދުމަތްތަކަށް އަމިއްލަ ކުންފުނިތަކަށް ދޭން ޖެހޭ އެތައް ފައިސާއެއް ނުދީގެން އޭގެތެރެއިން ބައެއް މައްސަލަތައް ކޯޓުގައިވެސް ހިނގަމުން އެބަދެއެވެ. އަދި އެފްއޭއެމްގެ ރައީސްގެ މައްޗަށް އެފްއޭއެމްގެ ފައިސާއަށް ހިޔާނަތްތެރިވިކަމުގެ ދައުވާވަނީ އުފުލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް