ads
ޝާހިދު އެމްޑީޕީގެ ރައީސްގެ ރޭހަށް ނުކުންނަވަނީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސްކަމަށް ވާދަކުރައްވާނެކަން ކުރީގެ ފްރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިއުލާންކުރައްވައިފިއެވެ.

ޝާހިދު އެކްނަ އިއުލާންކުރައްވާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީ މެމްބަރުންގެ ތާއީދާ އެއްބާރުލުން ބޭނުންވެވަޑައިގަންނަވާކަމަށެވެ.  

"އައު ފޯރިޔަކާއި އައު ޖޯޝަކާއި އެކު، އާބާރެއްގައި އެމްޑީޕީ ނިކުމެ ރައްޔިތުން އެދޭ މިސްރާބަށް ރާއްޖެ އަލުން ގެންދިޔުމަށް އެންމެންއެކުވެ އަތުގުޅާލަންވެއްޖެކަން ބަލާލިކޮންމެދިމާލަކުން މިއަދު މިއޮތީ ފެންނާށެވެ." ޝާހިދުކުރެއްވި ޕޯސްޓްގައި ލިޔުއްވާފައިވެއެވެ.

އެމްޑީޕީގެ ރައީސްކަމުގެ މަގާމު ހުސްވީ ރައީސްް ނަޝީދާއި ރައީސް ސާލިހާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތައް ބޮޑުވެ އެންމެ ފަހުން ރައީސް ނަޝީދު އެމްޑީޕީން ވަކިވެޑައިގަތުމުންނެވެ. އޭގެ ފަހުން މިހާތަނަށް އެމްޑީޕީ ރައީސްގެ މަގާމުގައި ވަގުތީ ގޮތުން ހުންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހްއެވެ.  

އެމްޑީޕީން ވަނީ އެޕާޓީގެ ރައީސްކަމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 20 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައެވެ. އަދި ރައީސް ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ އަންނަ މަހުގެ 2 ވަނަ ދުވަހުކަމަށް އެ ޕާޓީން ބުނެއެވެ.

ރައީސް މައުމޫން ވެރިކަމުގައި އެމަނިކުފާނު އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގައި އިސް މަގާމުތަކެއް އަދާކުރެއްވުމަށްފަހު އަބްދުﷲ ޝާހިދު އެ ޕާޓީން ވަކިވީ މައުމޫންގެ ދިގު 30 އަހަރުގެ ވެރިކަން ނިމި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ދިމާކޮށެވެ. 

ޝާހިދު އެމްޑީޕީއާ ގުޅުނީ 2013 ވަނަ އަހަރުގެ އޭޕްރިލް 20 ވަނަދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި އެމްޑީޕީގެ ގިނަ ސަޕޯޓަރުންނާ އެކު "އާބާރެއް" ގެ ނަމުގައި ބޭއްވި ޖަލްސާގައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް