ads
މަސް ކިރާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ލިބޭނެ ހެއްޔެވެ..!؟
ކޮންމެ ފަހަރަކުވެސް އިންތިހާބަކާއި ގުޅިގެން ދިވެހިންގެ ލޭނާރު ކަމަށްވާ މަސްވެރިންނާއި ގުޅުވައިގެން އެތަށް ވައުދެއް ވަމުން އަންނަ ކަމީ އެންމެނަށް ވެސް ފާހަގަ ވާނެ ކަމެކެވެ. ވެރިކަމަށް ހޮވުމާއި އެކު އެކަންތައް މަތިން ހަނދާން ނެތި މަސްވެރިން އެއީ އުޅޭ ބަޔަކަށް ވެސް ގިނަ ފަހަރަށް ނުވާ ކަހަލަ އެވެ. ނަމަވެސް ގިނަ ފަހަރަށް ސަރުކާރުތަކުން އެކަންކަމާއި މެދު މާ ބޮޑު ފަރުވާލެއް ނުބަހައްޓާ އެކަން ކޮށްދޭނެކަމަށް ބުނެ އެ މީހުން ފޮނުވާލުމަށް ފަހު އެކަމުގެ މަތިން ގިނަ ފަހަރަށް ހަނދާން ނައްތާލަނީ އެވެ. މިއީ ހައްލު ކުރަން ޖެހިފައިވާ ބޮޑު މައްސަލަ އެކެވެ.
Advertisement

މަސްވެރިންނަށް ދޭން ޖެހޭ ލާރި އާއި މަސްވެރިންނަށް ދޭންޖެހޭ ސަބްސިޑީ ނުލިބިގެން އެތައް ފަހަރަކު މަސްވެރިން މުޒާހަރާކޮށް އަޑު އުފުލާ ހަދައިފައިވާކަން އެއީ އެންމެން ދަންނަ ހަގީގަތެކެވެ. މަސްވެރިން މަސް ބާނައިގެން ގެނެސް ކުންފުނިތަކަށް މަސްކޮޅު ވިއްކާލުމުން ފަހުން ލާރި ދޭނެ ކަމަށް ބުނެ ފޮނުވާލަނީ މަދު ފަހަރެއްގައި އެއް ނޫނެވެ. ނަމަވެސް އެ ލާރި ކޮޅު ހޯދުމަށް އެ މަސްވެރިޔާ ކުންފުޏަށް ދިއުމުން އެ މީހާއަށް އެ ލާރި ނުދީ ފަސް ކުރާއިރު އެ ނިކަމެތި މަސްވެރިޔާގެ އާއިލާއިން އެ އާއިލާގެ ޒަރޫރީ ބޭނުންތައް ނުފުދި ތިބެން ޖެހޭ ވާހަކަ އަކީ ވެސް އާ ވާހަކައެއް ނޫނެވެ.

މަސް ކިރުވާފައި ފައިސާ ދިނުން ލަސްވާ މައްސަލާގައި ގއ. ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުލިބުމުން މަސްވެރިންގެ އެތައް އާއިލާއެއް ނިކަމެތިވެ ބިކަވެފައިވާ ކަމަށެވެ. މީގެ އިތުރުން އެ މީހުން ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދުމަށް ވެސް ބޮޑެތި ގޮން ޖެހުން ތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް ސައުދު ވިދާޅުވި އެވެ.

your imageމަސްވެރިން މަސްބާނަނީ ފޮޓޯ: މަސްވެރިން އޮންލައިން 

މަސްވެރިންނަށް ފައިސާ ނުލިބޭ މައްސަލާގައި މަޑަވެލި ކައުންސިލުގެ މެމްބަރަކު ވިދާޅުވީ މަސްވެރިންނަށް މަސް ކިރާފައި ފައިސާ ނުލިބުމުގެ މައްސަލައަކީ ރާއްޖެ އެކިކަންކޮޅުތަކަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު މައްސަލައެއްކަމަށެވެ. އެކަމުގެ ސަބަބުން ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިވަމުން އަންނަ ކަމަށާއި މިހާރު ވެސް އެތައް ރުފިޔާއެއް ނުލިބިގެން އެތައް މަސްވެރިންނެއް އެކަމުގެ ޝަކުވާ ކުރަމުންދާ ކަމަށެވެ.

ރައީސް ސޯލިހުގެ އެޑްމިނިސްޓްރޭޝަން ނިމުނު އިރު މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ އަަދަދު 250 މިލިޔަނުން އަރާކަމަށް ފިޝަރީޒް މިނިސްޓަރު ވިދާޅުވާއިރު ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ރައީސް ސޯލިހުގެ އެޑްމިނިސްޓްރޭޝަން ނިމުނު އިރު ނުދެވި ވާނީ 185 ކަމަށެވެ.

"1.56 މިލިއަން ރުފިޔާ އަދިވެސް ސަރުކާރުން އަހަރުންނައް ދޭން ޖެހިފައި އެބަހުރި. އެލާރި އަޅުގަނޑުމެންނަށް ނުލިބިގެން ކިތަންމެހާވެސް އަޅުގަނޑުމެންނައް ދަތިވޭ އަސްލު. މިދިޔަ ސަރުކާރުންވެސް 2 މަސްދުވަހުގެ ލާރި ނުދީ ހުއްޓާ މި ސަރުކާރުން އައީ. އަސްލުން އަޅުގަނޑުމެންނައް ހެޔޮ މަސް ގަންނަ އަގު ކުޑަކޮށްފަ ތޮޔެ އަގު ކުޑަ ކުރިޔަސް. މި ލާރި ނުލިބިގެން އަޅުގަނޑުމެންނައް މި އުޅެނީ ދޯނީގެ ލޯނާއި ކަރަންޓު ބިލާއި ފެންބިލާ އެއްޗެހި ނުދެއްކިގެން." ތިނަދޫގެ އޮޑިވެރިއެއްކަމުގައި ވާ ހަސަން ނަސީރު މިކަމާއި ގުޅިގެން ބުނިއެވެ.

ހަސަން ފަދައިން މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ގިނ މަސްވެރިންގެ ވެސް އާދޭހެވެ. ނަމަވެސް ގިނަ ފަހަރަ އެ ނިކަމެތި މަސްވެރިޔާ މި ޖެހެނީ އޭނާ އަށް ހައްގު ފައިސާ ހޯދުމަށް ސަރުކާރު އަދި ކުންފުނިތަކުގެ ކުރިމަތީގައި ކުޑަ ކަކޫޖަހާ އާދޭސް ކޮށް ހަޅޭފަޅޭ ޖަހާށެވެ.

"މަސްވެރިންނަށް ލާރި ނުލިބުމުގެ މައްސަލައަކީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދިމާވެފައިވާ މައްސަލައެއް. އެކަމުގެ ސަބަބުން ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވޭ. މަސްވެރިން ކިރާ މަސްކޮޅަށް ފައިސާ ހޯދަން ސަލާންޖެހުން ނިމުމަކަށް އަންނަން ޖެހޭ " އައްޑޫއާއި ފެލިވަރުގައި މިފަހުން މަސްވެރިން ކުރި މުޒާހަރާއަށް އިޝާރާތްކޮށް އުތުރުގެ މަސްވެރިއަކު ބުންޏެވެ.

ދައުލަތުން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުލިބިގެން މިދިޔަ ހަފުތާގައި މަސްވެރިން ވަނީ ކޫއްޑޫގައި ތިން ދުވަހުގެ އިހުތިޖާޖެއްކޮށްފަ އެވެ. އެ އިހުތިޖާޖު ހުއްޓާލީ ފިޝަރީޒް މިނިސްޓަރު ޝިޔާމް އެ ރަށަށް ވަޑައިގެން މަސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކޮށް އަދި ފައިސާ ވެސް ދޫކުރަން ފެށުމުންނެވެ. 

މަސްވެރިނަށް ދޫކުރަމުންގެންދާ ފައިސާގެ ތެރެއިން ޖެނުއަރީ 14ގެ ނިޔަލަށް ހުރި ބިލްތަކަށްވާ 105 މިލިއަން ރުފިޔާ އިއްޔެ ދައްކާ ނިންމާފައިވާ ކަމަށް މިފްކޯއިން ވަނީ ބުނެފި އެވެ.

your imageރެސްކިއު ޑައިވާ ފެންވަރަށް ތަމްރީނުވާ ގދ. މަޑަވެލި މަސްވެރިންނާއެކު މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ ޑައިވަކަށް ވަޑައިގެންފައި-

އިތުރަށް ކިޔާލަން: މަސްވެރިންނަށް 105 މިލިއަން ރުފިޔާ ޖަމާކޮށްދީފި

މިހާރު މަސްވެރިންގެ ކުރިމަތީ ސިޔާސީ ސަރުކާރުތަކުގެ އަގުވަނީ ވެއްޓިފަ އެވެ. މަސްވެރިންގެ ސިޔާސީ ބަފަޔަށް އިތުބާރު ކުރަންވެސް ދައްޗެވެ. އެއީ "މަސްވެރިންގެ މިނިސްޓަރު"ގެ ތާރީހުން ދައްކާގޮތެވެ. މިއަދު ދިވެހި މަސްވެރިން މިނިސްޓަރަށް ކުރާ ސުވާލަކީ "ނޭގުނޭ ތިޔަވިދާޅު ބަހުގެ މާނައެއް" މަސް ކިރާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ލިބޭނެ ހެއްޔެވެ..!؟

ސަރުކާރުން ނިންމާފައި ވަނީ މިފްކޯ އަށް ކިރާ މަހުގެ އަގަށް ވާ ފައިސާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެެއްގޮތަށް، 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރުމުގެ ކަންކަން މި ދައުރުގެ ކުރީކޮޅު ފެށުމަށެވެ. ރައީސް ވެސް ވަނީ އެ ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް