ads
ކުޑަހެންވޭރު - ވިކްޓްރީ މެޗުގެ ތެރެއިން
ދަނޑުގެ މާރާމާރީ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރެއިން ހައިކޯޓުގައި އިސްތިއުނާފު ކުރި މީހާގެ މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފިއެވެ.

ދަނޑުގައި ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލް މެޗުގައި ހިނގި ހަމަ ނުޖެހުންތަކާ ގުޅިގެން 10 މީހަކު ހައްޔަރު ކޮށްފައިވާ އިރު، އޭގެ ތެރެއިން އެކެއްގެ މައްސަލަ އޭނާގެ ފަރާތުން ހައިކޯޓަށް ހުށަހަޅިއެވެ. އެހެންނަމަވެސް އެ މައްސަލަ ބަލައި ނުގަންނަން ހައިކޯޓުން މިހާރުވަނީ ނިންމާފައެވެ.

ގަލޮޅު ދަނޑުގައި ހަމަނުޖެހުން ހިންގީ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތު ގައި ވިކްޓްރީ އާއި ކުޑަ ހެންވޭރު ބައްދަލު ކުރި ކުއާޓާ ފައިނަލް މެޗުގެ ތެރެއިންނެވެ. އެ މެޗުގެ ވަކި ހިސާބަކުން ފަނިވެ، މެޗު ހުއްޓާލިއިރު މެޗުގެ ބާކީ ބައި ކުޅެން ކުޑަ ހެންވޭރުން ބޭނުމެއް ނުވިއެވެ.

އެ މެޗު ނިމެން އަށެއްކަ މިނެޓަށް ވެފައި ވަނިކޮށް ވިކްޓްރީގެ ބިދޭސީ ކުޅުންތެރިޔާ އެނަޓޮލީ، ކުޑަހެންވޭރުގެ މުހައްމަދު ހާޒިމުގެ ގައިގައި ގަސްތު ގައި ފައިން ޖެހުމުން ދިނުމުން ސަޕޯޓަރުން ވަނީ ދަނޑަށް އަރާ އޭނާއަށް ހަމަލާ ދީފައެވެ. އެނަޓޮލީ، ހާޒިމްގެ ގައިގައި ފައިން ޖެހީ އޭނާއަށް ފައުލު ކުރުމާއި ގުޅިގެންނެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި ބައެއް މީހުން ކޯޓުން ދޫކޮށްލާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް