ads
ކުރީ ސަރުކާރުން ދިޔައީ ސިއްހީ ދާއިރާ 300 މިލިއަން ރުފިޔާއިން ދަރަނިވެރިކޮށްފަ
ކުރީ ސަރުކާރުން ދިޔައީ ސިއްހީ ދާއިރާ 300 މިލިއަން ރުފިޔާއިން ދަރަނިވެރިކޮށްފަކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ހަލީލް މިހެން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފޭދޫގައި ރައްޔިތުންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

ހަލީލު ވިދާޅުވީ ރައީސް މުއިއްޒުއަށް އެތެރެއިންނާ ބޭރުން ފިއްްތުންތަކާ ކުރިމަތިވަނީ އެންމެ ފުރަތަމަ ދިވެހިން އިސްކުރައްވާތީ ކަމަށެވެ.

މިސަރުކާރު ނޫނީ ވެރިކަމާ ހަވާލުވުމާ އެކީ ސަރުކާރު ވައްޓަން އިދިކޮޅަކުން މަސައްކަތް ފެއްޓި ސަރުކާރެއް ނޯންނާނެކަމަށްވެސް ހަލީލް ވިދާޅުވި އެވެ.

އިދިކޮޅަށް ފާޑުވިދާޅުވަމުން މިނިސްޓަރު ވިދާޅުވީ ކުރީ ސަރުކާރުން ދިއައީ ސިއްހީ ވުޒާރާގަ އެކަނިވެސް 300 މިލިއަން ރުފިޔާގެ ދަރަންޏެއް ދޫކޮށްފަކަމަށެވެ.

"ހަމައެކަނި ސިއްހީ ވުޒާރާގަ. ސިއްހީ ދާއިރާއަށް ނިސްބަތްވާ ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާތޯ ގާތްގަނޑަކަށް 300 މިލިއަން ރުފިޔާގެ ދަރަނި ދޫކޮށްލާފަ ކުރީގެ ސަރުކާރުން އެދިޔައީ." ހެލްތު މިނިސްޓަރު ހަލީލް ވިދާޅުވިއެވެ.

ހަލީލް ވަނީ އާސަންދަ އަދި އެންސްޕާ އަކީ އެހެން މިނިސްޓްރީއެއްގެ ދަށުން ހިންގާ އިދާރާތަކެއްކަން ފާހަގަކުރައްވާ ހެލްތު މިނިސްޓްރީގެ ދަރަނީގެ ތެރޭގައި އެ ތަންތަން ނުހިމެނޭކަން ފާހަގަކުރައްވާފައެވެ.

މީގެ ކުރިން އެއްވެސް ސަރުކާރަކުން އެހާ ނާއުންމީދީކޮށް ސަރުކާރެއް ހިންގާފަ ދިޔަތަނެއް ނުފެންނަކަމަށް ހަލީލް ވިދާޅުވި އެވެ.

ހަލީލް ވިދާޅިވީ، ކުރީ ސަރުކާރުން ޕްރޮޖެކްޓައް ވެސް ހަވާލުކޮށްފަހުރީ "ޕާޓީ ކުދިންނަށް" ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް