ads
ވަރުން އާއި ނަތާޝާއަށް ދަރިޔަކު ލިބޭ ކަމަށް ސޯޝަލް މީޑިއާގައި އިއުލާނުކޮށްފި
ވަރުންއާއި ނަތާޝާ އަށް ދަރިޔަކު ލިބޭ ކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފި

ސްޓޫޑެންޓް އޮފަ ދަ އިޔާއިން ބޮލީވުޑަށް ތައާރަފްވި ވަރުން ދަވަން ވަނީ އޭނައަށް ދަރިއަކު ލިބެން އުޅޭކަމުގެ އުފާވެރި ހަބަރު ދާދި ފަހުން ހިއްސާ ކޮށްފައެވެ. އެގޮތުން މުމްބާއީގައި ހުންނަ އެދެމަފިރިންގެ ގޭގައި ނަގާފައިވާ ކަޅާއި ހުދުގެ ފޮޓެއެއް ވަރުން ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. 

އެ ފޮޓޯއާ އެކު ލިޔެފައިވާ ކެޕްޝަންގައި ވަރުން ވަނީ އޭނަގެ އަންހެނުން ބަނޑުބޮޑުކަމަށާއި، ހުރިހާ އެންމެންގެ ހެޔޮދުއާ ބޭނުންވާކަމަށް ބުނެފައެވެ.

ވަރުން ދަވަންކުރި މިޕޯސްޓަށް ބޮލީވުޑްގެ ތަރިންވަނީ މަރުހަބާ ކިޔާފައެވެ. އެގޮތުން އާލިއާ ބަޓް، ކްރިތީ ސެނޯން، ޖާންވީ، ސަމަންތާ، އަދި އެތައް މަޝްހޫރު ފަރާތްތަކެއް ވަނީ މި ދެމަފިރިންނަށް މަރުހަބާ ކިޔާފަ އެވެ. ވަރުން އާއި ނަތާޝާ ކައިވެނި ކުރީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް