ads
އައްޑޫގެ މަސްވެރިން ނުކުމެ މިފްކޯ ފިޝަރީޒް ކޮމްޕްލެކްސް ބަންދު ކޮށްފި
އައްޑޫގެ މަސްވެރިން ނުކުމެ އައްޑޫގައި ހުރި މިފްކޯ ފިޝަރީޒް ކޮމްޕްލެކްސް ބަންދު ކޮށްފިއެވެ.

މިތަން ބަންދު ކޮށްފާ ވަނީ، ސަރުކާރުން އައްޑޫގެ ބުރިޖު އެއްބަސް ވުމުގައި ސޮއި ކުރިތާ މާގިނައިރު ތަކެއް ނުވެއެވެ. 

މީގެ އިތުރުން މަސްވެރިން ވަނީ އިއްޔެ ކުއްޑޫ މަސް ފެކްޓްރީ ތެރެއަށް ވަދެ މުޒާހަރާކޮށް އެމީހުންނަށް ފައިސާ ނުލިބޭތާ 3 މަސްވެއްޖެކަމަށް ޝަކުވާކޮށްފައެވެ. އަދި އެކަމުގެ ސަބަބުން މަސްވެރިންގެ ކެތްތެރިކަން ކޮޅުންލާފައިވާކަމަށްވެސް އެ މަސްވެރިޔާ ބުނެއެވެ. ސަރުކާރުގެ ނާގާބިލު ކަމުން ރާއްޖޭގެ މަސްވެރި އާއިލާތަށް ދަރަނިވެރި ވަމުން އަންނަކަމަށާއި މަސް އުޅަނދު ވެރިން ބަނގުރޫޓުވަމުންދާކަމަށްވެސް މަސްވެރިން ބުނެއެވެ.

 މިކަމާ ގުޅިގެން ޝިޔާމް ވިދާޅުވީ ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު މަސްވެރިންނަށް ދޭންޖެހޭ 250 މިލިޔަނެއްހާ ރުފިޔާ އޮތްކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މިހާތަނަށް މިފްކޯއިން ސަރުކާރުގެ އެހީތެރިކަމާއެކު 276 މިލިއަނަށްވުރެ ބޮޑުއަދަދެއް މަސްވެރިންނަށް ޚަލާސްކުރެވިއްޖެކަންވެސް ޝިޔާމް ވަނީ ފާހަގަކުރައްވާފައެވެ.

މި ވާހަކަތަކަށް ރައްދުދެއްވާ ހިސާބުތަކެއް އާއްމުކުރައްވަމުން މިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ޝިޔާމް ހެއްދެވީ ކަނޑައެޅިގެން ދޮގެއްކަމަށެވެ. މިދިޔަ ސަރުކާރުގެ އެންމެ ފަގު ދުވަސް 16 ނޮވެމްބަރުގެ ނިޔަލަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ސަރުކާރުގައި މިފްކޯއިން މަސްވެރިންނަށް ދައްކަންޖެހޭ އަދަދަކީ 185 މިލިއަން ރުފިޔާކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް