ads
މުހިންމު ހާލަތްތަކުގައި އަމިއްލައަށް ހޮޑުލާން ބޭނުންކުރެވިދާނެ ބައެއް އުކުޅުތައް
އަހަރުމެންގެ ހަށިގަނޑަކީ ތަފާތު އިންފެކްޝަންތަކާއި ކުރިމަތިލުމުގެ މެކޭނިޒަމް ނުވަތަ އުކުޅުތަކާއެކު އުފެދިފައިވާ ހަށިގަނޑެކެވެ.

ހޮޑުލެވުމުގެ މާނައަކީ ބަނޑުގައި ކޮންމެވެސް ކަމެއް ހަމަނުޖެހޭކަމެވެ. ހޮޑުލެވޭ ވަގުތު ކާތަކެތި ދާ ހޮޅިން ބަނޑުގައި ހުންނަ ތަކެތި ބޭރުވެއެވެ.

ބައެއް މީހުންނަށް ވިހަ އެއްޗެއް ކެވުމުން ކަންބޮޑުވެ ހޮޑުލެވެއެވެ. ނަަމެވެސް ވިހައެއްޗެއް ކެވިގެން ހޮޑުލެވުނު ނަމަވެސް އެއީ ވަގުތީގޮތުން ލިބޭ ހައްލެކެވެ. މިފަދަ ހާލަތްތަކުގައި ޑޮކްޓަރެއްގެ އެހީތެރިކަން ވީއެންމެ އަވަހަކަށް ހޯދަންޖެއެވެ. 

މި ލިޔުމުގައި މި ބަލާލަނީ އަމިއްލައަށް ހޮޑުލާން ބޭނުންކުރެވިދާނެ ބައެއް އުކުޅުތަކަށެވެ. ނަމަވެސް ހިކުމަށާއި، ބޮޑެތި ސިއްހީ މައްސަލަތައް ހަލުކުރުމަށް ހޮޑުލައިގެން ނުވާނެއެވެ. އެއީ ބޮޑެތި މައްސަލަތަކެއް ދިމާވެދާނެކަމެކެވެ. 

އަމިއްލަށް ހޮޑުލާން ވާނީ ހަށިގަނޑު ހޮޑުލާން ބޭނުންވާ ހާލަތްތަކުގައެވެ. އެއީ ހަށިގަނޑުގެ ގުދުރަތީ މެކޭނިޒަމަށް އެހީތެރިވުމުގެ ގޮތުންނެވެ. 

ހޮޑުލުމަކީ ފައިދާއާއި ގެއްލުންހުރި ކަމެކެވެ. އަދިވެސް އެއްފަހަރު ތަކުރާރުކޮށްލާނަމެވެ. ވިހަ އެއްޗެއް ކެވިގެން އަމިއްލައަށް ހޮޑުލައިގެން މައްސަލަ ހައްލުކުރުމުގެ ބަދަލުގައި ޑޮކްޓަރަށް ދައްކައިގެން ނޫނީ މައްސަލަ ހައްލެއް ނުކުރެވޭނެއެވެ. 

އަމިއްލަކަށް ހޮޑުލަން ބޭނުންކުރާނެ އުކުޅުތައް:

ހޮޑުލުމަށްޓަކައި ފާހާނަ ތަށިކައިރިއަށް ގޮސް ދެ ކަކަކޫ ޖަހައި އިށީންނާށެވެ. ބަނޑަށް މާބޮޑަށް ބާރުނުލާށެވެ. 

1. އިނގިލި ބޭނުންކޮށްގެން ހޮޑުލުން: 

އިނގިލި ބޭނުންކޮށްގެން ހޮޑުލާނަމަ އެންމެ ފުރަތަމަ ކަމަށް އަތް ރަނގަޅަށް ދޮވެލާށެވެ. އެއީ އަނގަޔާއި ކަރުތެއަށް ބެކްޓީރިއާ ދިއުން ހުއްޓުވުމަށެވެ. އިނގިލި ބޭނުންކޮށްގެން ހޮޑުލުމަށް ކަރުތެރަށް ދޮވެފައިވާ އަތުގެ ޝަހާދަ އިނގިލި ނުވަތަ މެދު އިނގިލި ލައިގެން އޯކަށްދެމޭށެވެ. ނުވަތަ ދެ އިނގިލިއެއްކޮށް ކަރުތެެއަށް ލައިގެން ހޮޑުލާށެވެ. 

2. ލޮނުފެން ބޭނުންކުރުން:

ތާފަނާ ފެންކޮޅަކަށް ލޮނުއަޅައިގެން ކަރު ދޮންނާށެވެ. މިގޮތަށް ކަރުތެރެއަށް ލޮނުފެން އަޅައިގެން ކަރު ދޮވުނު ނަމަވެސް، އެ ފެން ބޮއެގެން ނުވާނެއެވެ. ހޮޑުލެވެންދެން ލޮނުފެނުން ކަރާއި އަނގަ ދޮންނާށެވެ. 

3. ދަތް އުނގުޅާ ބުރުސް ބޭނުންކުރުން:

ބައެއް މީހުންނަށް ކަރުތެރެއަށް އިނގިލުމަކީ ފަސޭހަ އަދި ކުރަން ބޭނުންވާ ކަމެއް ނޫނެވެ. މިހެންކަމުން އިނގިލީގެ ބަދަލުގައި ދަތް އުނގުޅާ ބުރުސްވެސް ކަރުތެރެއަށް ލައިގެން އޯކަށް ދެމި ހޮޑުލާން މަަސައްކަތްކުރެވިދާނެއެވެ. 

4. މަސްޓަޑު ފެން ބުއިން:

މަސްޑަޑަ ހޮޑުލުމަށް އިންޑިއުސް ކުރުމުގެ ބާރު ލިބިފައިވާ އެއްޗެކެވެ. ސަމްސަލެއްގެ މަސްޑަޑު މުގުރާލުމަށްފަހު ފެނަށް އަޅައި ގިރައިގެން ބޯލާށެވެ. އިސާހިތަކު ހޮޑުލެވިދާނެއެވެ. 

5. ފަކުރު އެއްޗަކާމެދު ވިސްނުން: 

ފަކުރު އެއްޗަކާމެދު ވިސްނުމަކީވެސް ހޮޑުލެވިދާނެގޮތެވެ. މިގޮތުން ފާހާނަ ތަށިކައިރީގައި އިށީނދެ ފަކުރު އެއްޗަކާމެދު ވިސްނުމުން ވެސް ހޮޑުލެވޭނެއެވެ. 

ހޮޑުލުމަށް ފަހު އަމަލުކުރާނެ ގޮތް: 

ހޮޑުލުމަށްފަހު ކުދި ކުދި ފެން ފޮދު ފޮދުން ބޯށެވެ. ދެން ފެންވާރާލާށެވެ. އަދި އަނގައިގެ ތެރެއިން ނުބައި ވަސް ދުވުން ހުއްޓުވުމަށްޓަކައި މައުތް ވޮޝްއެއް ބޭނުންކުރާށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް