ads
ތޭރީ ބާތޯން މޭން އައިސާ އުލްޖާ ޖިޔާ ފިލްމް
ތޭރީ ބާތޯން މޭން އައިސާ އުލްޖާ ޖިޔާ އަށް 100 ކޮރޯޑް ރުޕީސް ލިބިއްޖެ
ތޭރީ ބާތޯން މޭން އައިސާ އުލްޖާ ޖިޔާ ފިލްމަށް ގްލޯބަލް ބޮކްސް އޮފީހުގައި 100 ކްރޯޑް ރުޕީސް ލިބިއްޖެ

ޝާހިދު ކަޕޫރު ލީޑް ރޯލުން ފެނިގެންދާ ފިލްމަށް 100 ކްރޯޑް ރުޕީސް ލިބިއްޖެ.

ޝާހިދު ކަޕޫރާއި ކްރިތީ ސެނޯންގެ ކެމިސްޓްރީ ފެނިގެންދާ ތޭރީ ބާތޯން މޭން އައިސާ އުލްޖާ ޖިޔާ ރިލީޒް ކުރިތާ 10 ވަނަ ދުވަހު މި ފިލްމު ވަނީ ގްލޯބަލް ބޮކްސް އޮފީހުގައި 100 ކްރޯޑްގެ އާމްދަނީއެއް ހޯދާފައެވެ. މި ފިލްމުގެ ޖުމްލަ ކަލެކްޝަނަކީ 107.86 ކްރޯޑް ރުޕީސް އެވެ.

 އަދި މި ފިލްމަށް 10 ދުވަސް ތެރޭގައި އިންޑިޔާގެ ސިނަމާތަކުން ވަނީ 60.45 ކްރޯޑް ރުޕީސް ލިބިފަ އެވެ.

ފިލްމު ލިޔެ ޑައިރެކްޓް ކޮށްފައިވަނީ އަމިތު ޖޯޝީ އާއި އަރާދަނާ ސާހް އެވެ.

ތޭރީ ބާތޯން މޭން އައިސާ އުލްޖާ ޖިޔާ ގައި ކިޔައިދެނީ ރޮބޮޓް ސައިންސްވެރިއެއްގެ ވާހަކަ ކަމަށާއި، އޭނާ ލޯބިވަނީ ކްރިތީ ސެނޯންގެ ރޯލުން ފެނިގެންދާ ވަރަށް ބުއްދިވެރި ރޮބޮޓެއް ކަމަށްވާ ސިފްރާ ދެކެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް