ads
ވިހެއުމަށް ފަހު 55 ދުވަސް ތެރޭ 11 ކިލޯ ލުއިކޮށްފައިވާ ކަމަށް ރުބީނާ ބުނެފި
ވިހެއުމަށް ފަހު 55 ދުވަސް ތެރޭ 11 ކިލޯ ލުއިކޮށްލެވިފައިވާ ކަމަށް ރުބީނާ ދިލައިކް ހާމަކޮށްފި.

ރޫބީނާ ދިލައިކް އާއި އަބިނާވް ޝުކްލާ ނޮވެމްބަރު 27 ވަނަ ދުވަހު ޓްވިންސް ދެ އަންހެން ކުދިންނަށް މަރުހަބާ ކިޔާފައިވާއިރު، އެ ދެމަފިރިން އެކުދިން އުފަންވެފައިވާ ކަން އިއުލާން ކުރީ އޭގެ އެއް މަސް ފަހުންނެވެ.

މާބަނޑު ދުވަސްވަރުގެ މުޅި ދަތުރުގައި ވެސް ރޫބީނާ ވަނީ ވަރަށް ގިނަ ފޮޓޯތަކާއި ވީޑިއޯތައް ހިއްސާކޮށްފަ އެވެ. އަދި ޔޫޓިއުބްގައި އޭނާގެ އާ ޝޯއެއް ކަމަށްވާ، ކިސީނޭ ބަޓަޔާ ނާހީ- ދަ މަމާކާޑޯ ޝޯގައި މާބަނޑު ދުވަސްވަރު ދިމާވާ ގޮންޖެހުންތަކާއި އެކަމުން އަރައިގަނެވޭނެ ގޮތުގެ ވާހަކަ ކިޔައިދީފައި ވެއެވެ.

ދަރިން އުފަންވުމުން ރޫބީނާ ވަނީ އެ ކުދިންނާއެކު ގިނަ ވަގުތު ހޭދަކޮށް، އަދި ފިޓްވާން ވެސް މަސައްކަތްތަކެއް ކޮށްފަ އެވެ. ރޫބީނާ މަޑުމަޑުން އަލުން މަސައްކަތަށް ނުކުންނަން ފަށާފައިވާއިރު، އޭނާގެ އެންމެ ފަހުގެ ވީލޮގުގައި ވަނީ ވިހެއުމަށް ފަހު އެންމެ 55 ދުވަހުގެ ތެރޭގައި 11 ކިލޯ ލުއިވެފައިވާކަން ވެސް ހާމަކޮށްފަ އެވެ.

ޓީވީ އިންޑަސްޓްރީން ބޮޑެތި ކާމިޔާބީއެއް ހޯދުމަށްފަހު މި ދެތަރިންވެސް އަންނަނީ ބޮލީވުޑުގައިވެސް މިހާރު މަސައްކަތް ކުރަމުންނެވެ. އަބިނަވް ވަނީ މީގެ ކުރިންވެސް ބޮލީވުޑްގެ ފިލްމުތަކުގައި މަސައްކަތް ކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް