ads
119 މިލިއަން މިހާރު ބަހަން އަންގައިފި: މިފްކޯގެ ސީއީއޯ
އެކި ތަންތަނުން ފައިސާ ހޯދައިގެން 119 މިލިއަން ރުފިޔާ ހަމަޖެއްސިކަމަށާއި އެ ފައިސާ ބަހަން މިހާރު އަންގާފައިވާކަމަށް މިފްކޯގެ ސީއީއޯ އަހްމަދު ސަމާހު ރަޝީދު ވިދާޅުވެއްޖެއެވެ.

ކޫއްޑޫގައި އިހްތިޖާޖުކުރަމުންދާ މަސްވެރިންނާއި މިއަދު މިފްކޯގެ ސީއީއޯ ސީއީއޯ އަހްމަދު ސަމާހު ރަޝީދު ވަނީ ބައްދަލުކުރައްވާފައެވެ. އަދި މަސްވެރިންގެ ޑިމާންޑްތަކަށް އެނާ ޖަވާބު ދެއްވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ަވނީ އާއްމުވެފައެވެ. 

މަސްވެރިންނާއި ވާހަކަ ދައްކަމުން ސަމާއު ވިދާޅުވީ މިފްކޯއިން އެލި ތަންތަނަށް ދޭން ހުރި ފައިސާތައް އިހަށް މަޑު ޖައްސާލާ މިހާތަނަށް 119 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކުރަން ހަމަޖައްސައިފިންކަމަށެވެ. އަދި އެފައިސާ މަސްވެރިންނަށް މިހާރު ބަހަން މިފްކޯގެ އިދާރާއަށް އަންގާފައިވާކަމަށްވެސް ސަމާއު ވިދާޅުވެއެވެ.

"އަޅުގަނޑުމެންނަށް ލިބެން ހުރި ފައިސާތައް އަންނަން ހުރި ތާރީހުތަކަށް ބަދަލެއް ނާދޭ. އޭގެ މައްޗަށް އަޅުވާ ކޭޝް އެޑްވާންސްކޮށް އަޅުގަނޑު މި ހޯދަނީ. ހޯދަމުން ގޮސް މިއަދާއި ހަމައަށް އަޅުގަނޑުމެނަށް މިވަގުތާއި ހަމައަށް ހޯދުނީ 119 މިލިއަން ރުފިޔާ. މިހާރު އަޅުގަނޑު އިންނާނީ އޮފީހަށް އަންގާފައި ބަހަން ފަށަން." މަސްވެރިންނާއި ވާހަކަދައްކަމުން ސަމާއު ބުނެއެވެ.

މަސްކިރުވުމަށްފަހު މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީގެން މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މަސްވެރިން ދަނީ ކުއްޑޫގައި މަސް ފެކްޓަރީއަށް ވަދެ އެތަނުގެ މަސައްކަތް ހުއްޓުވާ މުޒާހަރާކުރުމުންނެވެ. އަދި  އިއްޔެ އައްޑޫ މަސްވެރިން ނުކުމެ ވަނީ އައްޑޫގައި ހުރި މިފްކޯގެ ފިޝަރީޒް ކޮމްޕްލެކެސްވެސް ބަންދުކޮށްފައެވެ.  

ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ފައިސާ ދޭނެ ގޮތް މަސްވެރިންނަށް ހިއްސާކޮށްފައިވާ ގޮތަށެވެ. އެގޮތަކީ މިމަހުގެ 26ގެ ކުރިން 100 މިލިއަން ރުފިޔާދީ  ބާކީ ހުރި ހުރިހާ ފައިސާ އަންނަ މަހުގެ 5 ވަނަދުވަހުގެ ކުރިން ދޭނެކަން މަސްވެރިންނަށް އަންގާފައިވާކަމަށެވެ. 

އެހެންނަމަވެސް މަސްވެރިން މި ނިންމުމާއި އެއްބަސްވެފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް