ads
އެމްބާޕޭ އަދި ރިއާލްއަކަށް ސޮއި ނުކުރޭ
އެމްބާޕޭ- ރިއާލް މެޑްރިޑް ޑީލް ގާތްގަނޑަކަށް ނިމިފައި- ދެން އޮތީ ސޮއިކުރުން
ޕެރިސް ސެއިންޓް ޖާމައިންގެ ފޯވާޑް ކިލިއަން އެމްބާޕޭ އަންނަ ސީޒަންގައި ރެއާލް މެޑްރިޑާ ގުޅެން އެއްބަސްވެއްޖެއެވެ.

އެމްބާޕޭ އަދި ރެއާލްއާ އެކު ކޮންޓްރެކްޓެއްގައި ސޮއިކޮށްފައި ނުވި ނަމަވެސް، މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އެ ކްލަބުތަކަށް ދެން ބައްދަލު ކުޅެން ޖެހޭ މެޗުތަކުގެ ކުރިން ރެއާލްގެ ޕްރީ ކޮންޓްރެކްޓްގައި އެމްބާޕޭ ސޮއިކުރުން ގާތް ކަމަށް ބީބީސީން މިއަދު ރިޕޯޓްކޮށްފައިވެއެވެ. 

އުމުރުން 25 އަހަރުގެ ފްރާންސްގެ ކެޕްޓަން އެމްބާޕޭއާ ޕީއެސްޖީއާ ދެމެދު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އަންނަ ޖޫން މަހުގެ ނިޔަލަށް ހަމަވާނެއެވެ. އިތުރަށް ކްލަބުގައި މަޑު ނުކުރާނެކަން އެމްބާޕޭވަނީ ރަސްމީކޮށް މިހާރު އަންގާފައެވެ.

ވޯލްޑް ކަޕް ކާމިޔާބުކުރި ކުޅުންތެރިޔާ އަކީ 244 ގޯލް ޖަހައިގެން ޕީއެސްޖީގެ ރެކޯޑް ގޯލް ޖެހި ކުޅުންތެރިޔާ އެވެ.

އެމްބާޕޭ ރެއާލްއާ އެކު ފަސް އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރަން ނިންމާފައިވާއިރު، ސީޒަނަކަށް 15 މިލިއަން ޔޫރޯ (12.8 މިލިއަން ޕައުންޑް) ލިބޭނެއެވެ. އޭގެ އިތުރުން ފަސް އަހަރު ދުވަހުގެ ތެރޭގައި ދޭން ޖެހޭ 150 މިލިއަން ޔޫރޯ (128 މިލިއަން ޕައުންޑް) ގެ ސޮއިކުރުމުގެ ބޯނަސް ވެސް އޭނާ ލިބޭނެއެވެ. އަދި އޭނާގެ އިމޭޖް ރައިޓްސްއަށްވެސް ފައިސާ ލިބޭނެއެވެ.

ރެއާލްގެ ކޯޗު ކާލޯ އެންޗެލޯޓީ ވަނީ އޭނާގެ ޓީމުގައި އެމްބާޕޭ ބޭނުންކުރާނެ ގޮތަކާ މެދު މިހާރު ޕްލޭނެއްވެސް ހަދާފައި ކަމަށް ބީބީސީން ބުންޏެވެ. އަންނަ ސީޒަންގައި ރިއާލްގެ ކްރޮއޭޝިއާގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗް ޓީމުން ވަކިވެއްޖެނަމަ، މޮޑްރިޗް މިހާރު ބޭނުންކުރާ 10 ނަންބަރު ޖޯޒީވެސް އެމްބާޕޭއަށް ލިބޭނެއެވެ. ފްރާންސްގައިވެސް އެމްބާޕޭ ބޭނުންކުރަނީ 10 ނަންބަރު ޖޯޒީއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް