ads
ލަންކާގެ އުސް އިމާރާތްތަކެއް
ކޮވިޑް19 ޖެހިގެން ލަންކާއިން ދެވަނަ މީހަކު މަރުވެއްޖެ
ކޮވިޑް19 ޖެހިގެން ސްރީ ލަންކާއިން ދެވަނަ މީހަކު މަރުވެއްޖެ އެވެ.

ލަންކާގެ ހެލްތު މިނިސްްޓްރީން މައުލޫމާތު ދޭ ގޮތުގައި މިއަދު މަރުވެފައުވަނީ 64 އަހަރުގެ މީހެކެވެ. އޭނާ މަރުވެފައިވަނީ ލަންކާގެ ނެގަމްބޯ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. 

ކޮވިޑް19 ޖެހިގެން ލަންކާއިން މީގެ ދެ ދެ ދުވަސް ކުރިން ވެސް މީހަކު ވަނީ މަރުވެފައެވެ. އެއީ މި ބަލިޖެހިގެން ލަންކާއިން މަރުވި ކަމަށް ރެކޯޑު ކުރެވެނު ފުރަތަމަ މީހާ އެވެ. 

ލަންކާ ސަރުކާރުން ބުނާ ގޮތުގައި އެގައުމުގައި ކޮވިޑް19 އަށް ޕޮޒިޓިވް 122 މީހަކު ވަނީ ފެނިފައެވެ. މީގެ ތެރެއިން 11 މީހަކު މިހާރު ވަނީ ބަލިން ރަނގަޅުވެގެން ދޫކޮށްލާފައެވެ. އަދި 2 މީހަކު ވަނީ މަރުވެފައެވެ. 

ލަންކާގައި ކޮވިޑް19 ފެތުރުން ހުއްޓުވުމަށް ވަރުގަދަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. ނަމަވެސް އެގައުމުން މިއަދު އެކަނި ވެސް 5 މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް