ads
އިންޑިއާ ފިޔާ ލިސްޓުގައި ރާއްޖެނެތް، ބާޒާރުގައި ކިލޯއެއް 30ރ
އިންޑިއާއިން ފިޔާ އެކްސްޕޯޓް ކުރަން ނިންމި ގައުމުތަކުގެ ލިސްޓުގައި މި ފަހަރު ރާއްޖެ ނެތްކަމަށް އެޤައުމުގެ ނޫސްތަކުން ބުނަން ފަށައިފިއެވެ.

މޫސޫމީ ކަންތައްތަކާއި ގުޅިގެން މިދިޔަ ޑިސެމްބަރުން ފެށިގެން އަންނަ މަހުގެ ނިޔަލަށް އިންޑިއާއިން ފިޔާ އެކްސްޕޯޓްކުރުން ވަގުތީ ގޮތުން އޮތީ ހުއްޓާލާފައެވެ. އެހެން އޮތް ނަމަވެސް ވަކި ކޯޓާއެއްގެ ދަށުން އަވައްޓެރި ޤައުމުތަކަށް އެ ގައުމުން ފިޔާ ބޭރުކުރުމުގެ ހުއްދަ ދެމުން އާދައެވެ. 

މީގެކުރިން މި ގޮތަށް މަނާކުރި ހާލަތްތަކުގައިވެސް ހާއްސަ ކޯޓާއެއްގެ ދަށުން ރާއްޖެއަށް ފިޔާ އެކްސްޕޯޓްކުރުމުގެ ހުއްދަ އިންޑިއާ ސަރުކާރުންވަނީ ދީފައެވެ.

އިންޑިއާގެ ނޫސްތައް ބުނާގޮތުން ފިޔާ އެކްސްޕޯޓްކުރުމަށް އަލަށް އެކުލަވާލި ލިސްޓުގައި އިންޑިއާގެ އަވައްޓެރި ގައުމުތައް ހިމެނުނުނަމަވެސް އެ ލިސްޓުގައި ރާއްޖޭގެ ނަމެއް ނެތެވެ. އެ ލިސްޓުގައި މިފަހަރު އޮތްކަމަށް އިންޑިއާ މީޑިއާތައް ރިޕޯޓްކޮށްފައިވަނީ ލަންކާ، ބަންގްލަދޭޝް، ބަހުރެއިން، މޮރިޝަސްގެ އިތިރުން ބޫޓާނާއި ނޭޕާލްއެވެ. އެ ލިސްޓުގައި ރާއްޖެ މިފަހަރު ނެތީ ކީއްވެކަމެއް ނޫސްތަތަކުން ނުބުނެއެވެ.

ރޯދަމަހަށް މިހާރުވެސް ބާޒާރަށް ބާރު ބޮޑުވެފައިވާއިރު ބާޒާރުގައި މިހާރު ފިޔާ ކިލޯއެއް ހުރީ 25 ރުފިޔާއިން މަތީގައެވެ.

ރާއްޖެއަށް ބޭނުންވާ ކާޑާއި ފިޔާ ފަދަ ތަކެތި އާއްމުކޮށް ރާއްޖެއަށް ގެންނަމުން އަންނަނީ އަވެއްޓެރި އިންޑިއާއިންނެވެ. އެހެންނަމަވެސް ކާޑު ގެނައުމަށް ވަކި ގައުމަކަށް ބަރީސާވުމުގެ ބަދަލުގއި ތުރުކީން ކާދުގެ ބާވަތްތައް ގެންނަން އެއްބަސްވުމެއް ހަދާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ޖެނުއަރީ 13 ވަނަ ދުވަހު ވަނީ އިއުލާންކުރައްވާފައެވެ. އަދި އެ އއްބަސްވުމުގެ ދަށުން އަންނަ ފުރަތަމަ ޝިޕްމެންޓް މިމަހުގެ ރާއްޖެ އަންނާނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ. 

25%
ކަމުގޮސްފި
75%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް