ads
ހާލަންޑް
ހާލަންޑުގެ ލަނޑާއެކު ސިޓީއަށް އުނދަގޫ މޮޅެއް
ޕްރިމިއާ ލީގުގައި ބްރެންޓްފޯޑް ބަލިކޮށް، މެންޗެސްޓާ ސިޓީން ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލާ އެއް ޕޮއިންޓަށް ގާތަށް ޖެހިލައިފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗުގައި ޖެހި ހަމަ އެކަނި ލަނޑު ޖެހީ ސިޓީގެ އާލިން ބްރައުޓް ހާލަންޑްއެވެ. 

މި މެޗުން ހޯދި ތިން ޕޮއިންޓާއެކު ސިޓީ ދެ ވަނައިގައި އޮތީ 25 މެޗުން 56 ޕޮއިންޓް ހޯދައިގެންނެވެ. އެއް ވަނައިގައި އޮތީ ލިވަޕޫލެވެ. ލިވަޕޫލަށް 25 މެޗުން 57 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް އާސެނަލަށް ވަނީ 25 މެޗުން 55 ޕޮއިންޓް ލިބިފަ އެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗަށް އެ ޓީމުން ނުކުތްއިރު، ފިޓްނަސް މައްސަލައެއްގައި ކެޕްޓަން ކެވިން ޑި ބްރޭނާ ނުކުޅެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް