ads
ފަސޫހާ
18އަހަރުވީ ރެކޯޑް ފަސޫހާ މުގުރާލައިފި
އޭޝިއަން އިންޑޯ އެތުލެޓިކްސް މުބާރާތުގެ 800 މީޓަރު އިވެންޓުގައި ވާދަކޮށް، ފަސޫހާ އަހުމަދު، 18 އަހަރުވީ ގައުމީ ރެކޯޑު މުގުރާލައިފި އެވެ.

އޭޝިއަން އިންޑޯ އެތްލެޓިކްސް މުބާރާތް ކުރިއަށްދަނީ އިރާނުގައެވެ. އިރާނުގެ ތެހެރާނުގައި ކުރިއަށްދިޔަ އޭޝިއާގެ އިންޑޯ މުބާރާތުގެ، 800 މީޓަރު އިވެންޓްގައި ވާދަކޮށް ފަސޫހާ، 20، ރޭސް ނިންމީ، ދެ މިނިޓް، 22.30 އިންނެވެ.

މީގެ ކުރިން، މި ރެކޯޑް އޮތީ، 2006 ވަނަ އަހަރުގެ އޭޝިއާގެ އިންޑޯ މުބާރާތުގައި ދުވި، ރާއްޖޭގެ ފާތިމަތު ހަޝްމާ އަތުގަ އެވެ. 

އޭނާ ރެކޯޑް ހެދީ، ދެ މިނިޓް، 37.21 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ. ފަސޫހާ، 800 މީޓަރުގެ ދުވުމުގެ ފައިނަލްގައި ދުވެ، ހަ ވަނަ އަށް ދިޔައިރު، އޭނާ ވާދަކުރި ރޭހުގެ އެއް ވަނަ ހޯދީ، އީރާނުގެ ތޮކްތަމް ދަސްތަރުބަންދަން އެވެ. އޭނާގެ ޓައިމިން އަކީ، ދެ މިނިޓް، 09.17 އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް