ads
ފިޔާ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް: އެސްޓީއޯ
އިންޑިއާއިން ފިޔާ ލިބުމުގައި އެއްވެސް ދައްޗެއް ނެތް ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފި އެވެ.

އިންޑިއާއިން ރާއްޖެ އަށް ފިޔާ އެތެރެކުރުން ހުއްޓާލި ކަމަށް ފެތުރޭ ވާހަކަތަކާ ގުޅިގެން އެސްޓީއޯއިން ބުނީ، އިންޑިއާއިން އެ ކުންފުންޏަށް ފިޔާ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށެވެ.

"އެސްޓީއޯއަށް އިންޑިއާއިން ފިޔާ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް، ކުރިއެކޭވެސް އެއްފަދައިން އެސްޓީއޯއިން ސްޓޭބަލް ސަޕްލައިއެއްގައި ފިޔާ ފޯރުކޮށްދެމުންދާނެ." - އެސްޓީއޯ

އެސްޓީއޯއިން ބުނީ ފާއިތުވި ދެމަހުގެ މާކެޓް ޓްރެންޑަށް ބަލާއިރު ރާއްޖޭގެ މާކެޓްގައި ފިޔާގެ އަގު އަންނަނީ ތިރިވަމުން ކަމަށެވެ. އަދި ކުރިއަށްއޮތް ރޯދަ މަހުގައި އަސާސީ ކާބޯތަކެތި ލިބުމުގައި ދަތިކަމެއް ކުރިމަތިވިޔަ ނުދިނުމަށް އެސްޓީއޯއިން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އިންޑިއާ ރާއްޖެއަށް ފިޔާ އެތެރެކުރުން ހުއްޓާލަން ނިންމާފައި ނުވާކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ވެސް މިއަދު ވަނީ ބުނެފަ އެވެ. އެހެންކަމުން ދެ ގައުމުގެ ދެމެދު ގާއިމްކޮށްފައިވާ އެއްބަސްވުމުގެ ދަށުން ފިޔާގެ އިތުރުން ކާޑުގެ ބާވަތްތަށް ވެސް އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދޭނެ އެވެ.

ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފިޔާ އެތެރެކުރާ އިންޑިއާއިން ފިޔާ ލިބުމުގައި ދައްޗެއް ނެތް ކަމަށް އެސްޓީއޯއިން ބުނެފައިވާއިރު، މިފަހަރުގެ ރޯދަމަހާ ދިމާކޮށް ރައްޔިތުންނަށް ދަތި ނުވާނެ މިންވަރަށް ބިހާއި އަލުވި ފަދަ ތަކެތި ވެސް އެ ކުންފުނިން އެތެރެ ކުރަން ވަނީ ހަމަޖެހިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް