ads
އިހުތިޖާޖު މެދުކަނޑާލުމުން ކޫއްޑޫ އޮޕަރޭޝަނަށް
މަސްވެރިން ކުރަމުންއައި އިހުތިޖާޖު މެދުކަނޑާލުމުން ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަންތައް ފަށައިފި އެވެ.

މަސްވެރިން އިހުތިޖާޖު މެދުކަނޑާލާފައިވަނީ މަސްވެރިންނަށް ނުދީހުރީ ފައިސާ މިއަދު ދޭން ފެށުމާއި ގުޅިގެންނެވެެ.

މިރޭ މިފްކޯއިން ނެރުނު ބަޔާނެއްގައި ބުނީ، މިއަދުން ފެށިގެން ފައިސާ ދޫކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށެވެ.

މިފްކޯއިން ބުނީ މަސްވެރިން ތަހައްމަލުކުރަމުންގެންދާ މޮޅިވެރިކަމަށް ނިމުނެއް ގެނައުމަށް އެ ކުންފުނީގެ މެނޭޖްމަންޓުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ. އަދި މަސްވެރިންނަށް ފެންވަރު ރަނގަޅު އަވަސް ހިދުމަތެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިކަމާ ގުޅިގެން ބައެއް މަސްވެރިން ވަނީ ހުރިހާ ބިލްތަކަށް ފައިސާ އަދި ލިބިފަނުވި ނަމަވެސް، ބައެއް ބިލްތަކަށް މިފްކޯއިން ފައިސާ ދޫކުރަން ފަށާފައިވާކަމަށް ބުނެފައެވެ. 

މަސްވެރިންގެ ފައިސާ ލަސްވާ މައްސަލައިގައި ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ވެސް ގާތްގަނޑަކަށް 260 މިލިއަނަށް ވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ނުދީ އޮތް ކަމަށެވެ. އަދި އެފައިސާ އާއި އޭގެ އިތުރަށް ދޭން ޖެހޭ ފައިސާ ވެސް ދިނުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، އަމާޒަކީ 48 ގަޑިއިރުތެރޭގައި މަސްވެރިންނަށް ފައިސާ ދެވޭނެ ނިޒާމެއް ގާއިމް ކުރުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވަނީ ކޫއްޑޫއަށް ވަޑައިގެން މަސްވެރިންނާ ބައްދަލުކުރައްވާފަ އެވެ. އަދި މަސްވެރިންނަށް ނުދެވި ހުރި ފައިސާ އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން ދީ ނިންމަވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް