ads
ހަފްތާ 14 ގެ މަގުޗާޓާ އެއްގޮތަށް "ހިޔާވެހި ޕޯޓަލް" އިފްތިތާހްކޮށްފި
މި ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައި ހިމަނާފައިވާ ބޯހިޔާވަހިކަމުގެ ޕޯޓަލް، "ހިޔާވެހި ޕޯޓަލް" އިފްތިތާހްކޮށްފި އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ޕޯޓަލް އިފްތިތާހްކޮށްދެއްވީ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ.

ހައުސިން މިނިސްޓްރީން ބުނީ ހިޔާވެހި ޕޯޓަލްއަކީ ސަރުކާރުގެ ބޯހިޔާވަހިކަމާ ގުޅުންހުރި ހުރިހާ ކަންކަމަށް އޮންލައިންކޮށް ހުޅަހެޅޭނެހެން ފަރުމާކޮށްފައިވާ ޕޯޓަލްއެއް ކަމަށެވެ. އެގޮތުން ހައުސިން ޕްރޮފައިލް ފުރިހަމަކުރުމާއި، ހައުސިން ސްކީމްތަކަށް ހުށަހެޅުމާއި، ބޯހިޔާވަހިކަމުގެ ލޯނުތަކަށް ހުށަހެޅުމުގެ އިތުރުން ބޯހިޔާވަހިކަމާ ގުޅޭ ޝަކުވާ ވެސް އެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި އެ ޕޯޓަލްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން ސްކީމަށް އެދި ހުށަހެޅުމުން، އެ ހުށަހެޅުން ދަރަޖަ ކުރެވޭނެ ކަމުގަ އެވެ. އަދި ރާއްޖޭގައި ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތައް ދެނެގަތުމާއި، ރަޖިސްޓްރީ ކުރުމުގެ އިތުރުން އެ ފަރާތްތަކުގެ މައުލޫމާތު ރައްކާކޮށްދެނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އޭގެއިތުރުން ހައުސިން ނީޑް އެސެސްމަންޓް ވެސް އެ ޕޯޓަލް މެދުވެރިކޮށް ކައުންސިލްތަކާ ގުޅިގެން ކުރެވިގެންދާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.

މީގެއިތުރުން މުސްތަގުބަލްގައި ސަރުކާރުން އެކުލަވާލާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރަމުންދާނީ ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް