ads
މުޅި އައްޑޫ ސިޓީން އަނެއްކާވެސް ކަރަންޓް ހިގައްޖެ
މުޅި އައްޑޫ ސިޓީން އަނެއްކާވެސް ކަރަންޓް ހިގައްޖެއެވެ.

ފެނަކައިން ބުނީ ‏ދިމާވި  ޓެކްނިކަލް  މައްސަލައެއްގެ  ސަބަބުން  މުޅި  އައްޑޫ  ސިޓީގެ  ގުޅިފައިވާ ރަށްތަކުން  ވަނީ  ކަރަންޓު  ކެނޑިފައިވާކަމަށެވެ. 

މައްސަލަ  ހައްލު ކޮށް  ކުރިއަށް  އޮތް ގަޑިއެއްހާއިރުގެ  ތެރޭގައި  ކަރަންޓު  ދިނުމަށް މިހާރު  މަސައްކަތް  ކުރަމުންދާކަމަށްވެސް އެކުންފުނިން ބުނެއެވެ.  އަދި  މިދަނޑިވަޅުގައި  ރައްޔިތުންނަށް  ދިމާވާނެ  ދަތިތަކަށް  ނިހާޔަތަށް  މައާފަށް ފެނަކައިން ވަނީ އެދިފައެވެ.

މިދިޔަ 2 މަހެއްހާ ދުވަހުގެ ތެރޭގައި ފެނަކައިން ކަރަންޓް ދެމުން އަންނަ ބައެއް ރަށްތަކުން ކަރަންޓް ކެނޑުމުގެ މައްސަލަތައް ވަނީ ދިމާވެފައެވެ. އެގޮތުން ފުވައްމުލަކު ކަރަންޓްދޭ ޓްރާންސްފޯމަރެއް ފަޅައިގެން ގޮސް އެރަށަށް ދިމާވީ ކަރަންޓްގެ މައްސަލަ ހައްލުކުރީ ކޮންމެ ދުވަހަކު ކަރަންޓް ކަނޑާތާ މަސްދުވަސްފަހުން ރައްޔިތުން މުޒާހަރާއަށް ނުކުތުމުންނެވެ. އަދި ދާދި ފަހުން ނައިފަރާއި ދުވާފަރުގެ ކަރަންޓަށް ދިމާވި މައްސަލަތައް ފެނަކައިން ހައްލުކޮށްފައިވަނީ ދުވަސްތަކެއް ފަހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް