ads
ހިލޭ އައިވީއެފް ފަރުވާ ދިނުމާ ގުޅޭ އުސޫލު އާއްމު ކޮށްފި
ދަރިމައިނުވުމާ ގުޅޭ މައްސަލަތަކަށް ފަރުވާ ކުރުމަށް، އައިވީއެފް އަދި އައިޔޫއައި ފަރުވާ، އާސަންދައިގެ ދަށުން ހިލޭ ދިނުމުގެ އުސޫލު އާއްމު ކޮށްފި އެވެ.

ނެޝަނަލް ސޯޝަލް ޕްރޮޓަކްޝަން އެޖެންސީން މިއަދު އާންމުކުރި އެ އުސޫލަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ 15 ގައެވެ.

މި އުސޫލުގައި ވާގޮތުން، މި ހިދުމަތުން ހިލޭ އެހީދޭ މީހުން ކަނޑައަޅާނީ އާންމުކޮށް ހުޅުވާލައިގެން ފޯމު ހުށަހަޅާ މީހުންގެ ތެރެއިން ޝަރުތު ހަމަވެ، އެންމެ މަތިން ޕޮއިންޓް ލިބޭ ކަމަށް ސްކީމް ބޯޑުން ކަނޑައަޅާ މީހުންނަށެވެ. 

މި އެހީއަށް ޝަރުތު ހަމަވަނީ:

  • ކައިވެނިކޮށްގެން އުޅޭތާ ތިން އަހަރުވެފައިވާއިރު ދަރިމައިވުމަށް ސިއްހީ ގޮތުން ނުކުޅެދިފައިވާ ދެމަފިރިން
  • އަނބިމީހާގެ އުމުރުން 25 އަހަރު ފުރި 42 އަހަރު ވެފައިނުވުން
  • ފިރިމީހާގެ އުމުރުން 55 އަހަރުވެފައި ނުވުން
  • އައިވީއެފް ނުވަތަ އައިޔޫއައި ފަރުވާއަށް އެކަމާ ގުޅޭ ޑޮކްޓަރަކު ލަފާދީފައިވުން
  • ޖިނާއީ ކުށެއްގައި ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރާ މީހަކަށް ނުވުން 
  • ދަރިމައިވުން މަނާކުރާ އޮޕަރޭޝަނެއް ކޮށްފައިވާ މީހަކަށް ނުވުން

އުސޫލުގައި ވާގޮތުން، ކޮންމެ އަހަރެއްގައި ވެސް އާސަންދައިގެ ދަށުން އެ ފަރުވާއަށް އެހީ ދޭ މީހުންގެ އަދަދާ އެކަމަށް ހަރަދުވާނެ އަދަދު ބަޖެޓުގައި ސްކީމް ބޯޑުން ހިމަނަން ޖެހޭނެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް