ads
ކާޖޮލް އަދި އަޖޭގެ ކައިވެންޏަށް 25 އަހަރު ފުރިއްޖެ
ފެބްރުއަރީ 24 ވަނަ ދުވަހު ކާޖޮލް އާއި އަޖޭ ދޭވްގަން ވަނީ އެމީހުންގެ 25 ވަނަ އެނިވާސަރީ ފާހަގަ ކޮށްފައެވެ.

އެގޮތުން ބޮލީވުޑްގައި އެންމެ މަގްބޫލް އެއް ޖޯޑަކީވެސް ކާޖޮލް އާއި އަޖޭ ދޭވްގަން އެވެ. މި ދެމީހުން ރައްޓެހިވެފައި ވަނީ 1995 ވަނަ އަހަރު ‘ހުލްޗުލް’ ގެ ސެޓްތަކުގައެވެ. އަދި ކައިވެނި ކުރުމުގެ ކުރިން ހަތަރު އަހަރު ދުވަހު ރައްޓެހިވެގެން އުޅުނެވެ.

މީގެ އިތުރުން އެދެމަފިރިން ވަނީ އެކުގައި ފޮޓޯ ހިއްސާކޮށް ސަޕޯޓަރުންގެ ހުރިހާ ތަހުނިޔާ މެސެޖްތަކަށް ޝުކުރު އަދާކޮށްފަ އެވެ. އަދި އެމީހުންގެ އަންހެން ދަރިފުޅު ނިސާ ދޭވްގަން ވެސް އެމީހުންނަށް އިންސްޓަގްރާމް ސްޓޯރީއިން ވަނީ ތްރޯބެކް ފޮޓޯއަކާއެކު މަރުހަބާ ކިޔާފަ އެވެ. ކާޖޮލް އެކަން ހިއްސާކޮށް ލިޔެފައިވަނީ “ލަވް ޔޫ ރިޒަލްޓް” ކަމަށެވެ.

އަޖޭ ދެން ފެނިގެންދާނީ އޭނާ ޕްރޮޑިއުސް ކުރާ ‘ޝައިތާން’ އިންނެވެ. މި ފިލްމަކީ ގުޖުރާތީ ސުޕަނެޗުރަލް ތްރިލާ ‘ވާޝް’ ގެ ހިންދީ ރީމޭކެކެވެ. އަޖޭ މިހާރު ދަނީ ރޯހިތު ޝެޓީގެ ‘ސިންގަމް އަގެއިން’ ގެ ޝޫޓިންގެ މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން ކާޖޮލްގެ މަސައްކަތްތަކަށް ބަލާއިރު، ކުރިއަށް އޮތީ ކަރަން ޖޯހަރު ޕްރޮޑިއުސް ކުރާ އިބްރާހިމް އަލީ ހާން އާއި ޚުޝީ ކަޕޫރާ ޑައިރެކްޓް ކުރާ ފިލްމެއްގެ މަސައްކަތް ކަމަށް މީޑިޔާގައި ރިޕޯޓްކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް