ads
އެމްޑަބްލިއުއެސްސީ ރޯދަމަހު ހުޅުވާފަ ހުންނަގަޑިތައް އާންމުކޮށްފި
މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ރޯދަމަހު ހުޅުވާފަ ހުންނަ ގަޑިތައް އާންމުކޮށްފި އެވެ.

އެމްޑަބްލިއުއެސްސީ އިން އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މާލޭ، ހުޅުމާލޭ، ދުވާފަރު، ކުޅުދުއްފުށި އަދި މާފުށީގެ އެ ކުންފުނީގެ ހެޓް އޮފީހުގެ ޕޭމަންޓް ކަލެކްޝަން ރޯދަ މަހުގެ ފުރަތަމަ ދުވަސްކޮޅު ހުޅުވާފައި ހުންނާނީ ހެނދުނު 9:30 އިން މެންދުރު 13:00 ކަމަށާއި ރޯދަ މަހުގެ ފަހު ދިހަގައި ހެދުނު 11:00 އިން 13:00 އަށް ކަމަށެވެ.

އެ ކުންފުނީގެ އޮފީސް އިންފޯ އަދި އެހެންނިހެން ހިދުމަތްތައް ރޯދަ މަހުގެ ފުރަތަމަ ދުވަސްކޮޅު ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:30 އިން ފެށިގެން މެންދުރު 14:00 އަށް ކަމަށާއި ރޯދަ މަހުގެ ދިހަ ދުވަހު ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ހެދުނު 11:00 އަދި 13:00 އަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެމްޑަބްލިއުއެސްސީ ބުނި ގޮތުގައި އެ ކުންފުނީގެ ސޯރޫމް ހުޅުވާލަން ނިންމާފައި ވަނީ  ރޯދަ މަހުގެ ފުރަތަމަ ދުވަސްތަކުގައި ހެނދުނު 9:30 އިން މެންދުރު 13:30 އަށް ކަމަށާއި ރޯދަ މަހުގެ ފަހު ދިހަގައި ހެނދުނު 10:00 އަދި 13:30 އަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެ ކުންފުނިން ބުނީ ހުކުރު ހޮނިހިރު ދުވަސް އެ ހިދުމަތްތައް ނުލިބޭނެ ކަމަށެވެ. 

އެ ކުންފުނީ ބިލް ކަލެކްޝަން އައުޓްލެޓް ތައް ހުޅުވާ ގަޑިތައް ގޮތުން އެ ކުންފުނިން ބުނީ  ހެދުނު 9:30 އިން ހަވީރު 16:30 އަދި ރޭގަނޑު 20:30 އިން ފެށިގެން 22:30 އަށް ކަމަށެވެ. 

ހުކުރު ދުވަހު އެ އައުޓްލެޓްތައް ހުޅުވާނީ މެންދުރު 14:30 ފެށިގެން ހަވީރު 16:30 އަދި ރޭގަނޑު 20:30 އިން ފެށިގެން 22:30 އަށް ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެ އެވެ. އަދި އެ އައުލެޓް ތައް ހޮނިހިރު ދުވަހު ނުހުޅުވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. 

އެ ކުންފުނީގެ އައުޓްލެޓް ތަކަކީ މެޖިސްޓިކްސް މޯބައިލް އަދި މޯބައިލް ލޯޑް ކަމަށް އެ ކުންފުނިން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް