ads
ފަހު ވަގުތު ޓީމު ސަލާމަތްކޮށްދިނީ މެސީ
އެމެރިކާ ލީގުގައި، އެލްއޭ ގެލެކްސީއާ ދެކޮޅަށް ކުޅުނު މެޗުގައި ފަހު ވަގުތު މެސީ ޖެހި ލަނޑާއެކު އިންޓަމިޔާމީ ބަލިނުވެ ސަލާމަތްވެއްޖެއެވެ.

އެލްއޭ ގެލެކްސިއާ އިންޓަމިޔާމީ ކުޅުނު މެޗު އެއްވަރުވީ އެއް ލަނޑު އެއް ލަނޑުންނެވެ. މެޗު އެއްވަރުވީ ލަނޑު މެސީ ޖެހީ އިތުރު ވަގުތުގެ ދެވަނަ މިނިޓުގައެވެ. އެލްއޭ ގެލެކްސީން ރަނގަޅު ކުޅުމެއް ދެއްކި މި މެޗުގައި އެ ޓީމުން ވަނީ 75 ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މި ލަނޑު ޖެހީ، ސާބިއާގެ ފޯވާޑް، ޑޭޖާން ޖޮވެލްޖިޗް އެވެ.

މި ނަތީޖާއާއެކު އެމެރިކާ ލީގުގައި އަދި އެއްވަނައިގަ އޮތީ އިންޓަމިޔާމީއެވެ. އެކަކު އެއީ އެންމެ ދެ މެޗުގެ ނަތީޖާއިންނެވެ. ފުރަތަމަ މެޗުގައި މޮޅުވެ ހޯދި ތިން ޕޮއިންޓާ، އެލްއޭ ގެލެކްސީ އަތުން ހޯދި ޕޮއިންޓާއެކު ޖުމްލަ ހަތަރު ޕޮއިންޓް ލިބިފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް