ads
ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ހދ. ހަނިމާދޫ ރައްޔިތުންނާ ވާހަކަދައްކަވަނީ
މަސްވެރިކަމުގެ މަޝްރޫއުތަކުގެ %90 މަސައްކަތް އޮތީ ހުއްޓިފައި: ޝިޔާމް
މިދިޔަ ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ތަރައްގީ ކުރުމަށް ފަށާފައިހުރި މަޝްރޫއުތަކުގެ ތެރެއިން 90 އިންސައްތަ މަސައްކަތް އޮތީ ހުއްޓިފައިކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުއިއްޒު ހަނިމާދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވެވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިސަރުކާރުން ވެރިކަމާ ހަވާލުވި އިރު މަސްވެރިންނަށް އައިސް ލިބުމުގެ ދަތިތަކާއި ސްޓޯރޭޖް އިތުރުކުރުމުގެ މަޝްރޫއުތައް ވެސް އޮތީ ހުއްޓިފައި ކަމަށެވެ.

"ވަކިން ހާއްސަކޮށް މަސްވެރިކަމުގެ މި ސިނާޔަތުގެ ސްޓޯރޭޖް އިތުރުކުރުމުގެ ޕްރޮޖެކްޓްތަކާއި، އައިސް ލިއްބައިދިނުމަށްޓަކައި ފެށިފަ ހުރި ޕްރޮޖެކްޓްތައް ހަމަ އެއްކޮށް ކަހަލައިން ހުއްޓިފަ ހުރިކަން އަޅުގަނޑުމެންނަށް ފެނުނީ." މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް މި ސަރުކާރުން އެފަދަ މައްސަލަތައް ހައްލުކުރުމަށްޓަކައި ގިނަ މަޝްރޫއުތަކެއް މިހާރު ބާތިލުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ހުއްޓާލަމުންދަނީ ރައީސްގެ ތަސައްވަރު ހާސިލް ކުރުމަށް ދަތިވާނެ ފަދަ މަޝްރޫއުތައް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"މިގޮތަށް ހުއްޓިފައި ނޫނީ މަޑުން ފިނިހަކަ ދުވެލީގައި ހުރި ޕްރޮޖެކްތައް، އަޅުގަނޑުމެން އެ ޕްރޮޖެކްތަކުގެ ސްޓޭޓަސް ބަލާފައި މިހާރު އޭގެތެރެއިން ވަރަށް ގިނަ ޕްރޮޖެކްޓްތައް ވާނީ ޓާމިނޭޓްކޮށްފައި." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ ސަބަބާހުރެ ހުއްޓާލަންޖެހުނު މަޝްރޫއުތަކުގެ މަސައްކަތް ވެސް އަލުން އަވަހަށް ފެށޭނެ ގޮތަކަށް ހަވާލުކުރުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

މީގެއިތުރުން މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ ދަތިތަށް ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުއިއްޒު ދެއްވާފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްި އެވެ. އަދި މަސްވެރި އާއިލާތަކަށް ރައީސް ދެއްވި އެ ޔަގީންކަމާއެކު އެކަންކަން ހާސިލް ކުރުމަށް ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މަސައްކަތް ކުރައްވަމުދާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް