ads
ތޫފާނު އަމްޕަންގެ ސަބަބުން މޫސުން ގޯސް: ފޮޓޯ ސީއެންއެން
ގއ އަދި އައްޑޫއަށް ބޯކޮށްވާރޭ ވެހޭނެ: މެޓް އޮފީސް
ގއ އަތޮޅުން ފެށިގެން އައްޑޫ އަށް މިއަދު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޯލްޑިވްސް މީޓަރަލޮޖިކަލް ސެންޓާރު (މެޓް) އިން ބުނެފި އެވެ.

މެޓް އޮފީހުން ވަނީ މިކަމާއި ގުޅިގެން އެ ހިސާބަށް ރީނދޫ ސަމާލު ނެރެފައި އެވެ.

އެ އޮފީހުން ބުނި ގޮތުގައި މިއަދު ހެދުނު 9:00 އާއި މެންދުރު 13:00 އާއި ދޭތެރޭ އެ ސަރަހައްދަށް ބޯކޮށްވާރޭ ވެހޭ ކަމަށެވެ.

އަދި ގުގުރުން ވެސް އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.

އެ އިދާރާއިން ބުނީ ވިލާ ގަނޑަކު ގަޑިއަކު 45 މޭލަށް ވައި ގަދަ ވާނޭ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި މި ސަރަހައްދުގައި ކަނޑުގަދަވުންވެސް އެކަށީގެންވާކަމަށް އެ އިދާރާއިން ބުނެ އެވެ.

ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، ރާޅުގެ އުސްމިން ހުންނާނެ ކަމަށް އަންދާޒާ ކޮށްފައިވަނީ ހަތަރު ފޫޓާއި ހަތް ފޫޓާއި ދެމެދުގައެވެ.

ވިއްސާރަކޮށް ކަނޑުގަދަވާ ދުވަސްވަރު ރާއްޖޭގައި ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ހިނގާކަން ފާހަގަކުރެވެ އެވެ.

   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް