ads
ކައިޒީން ދައުވާކުރި ބޯޓަކީ ބައްޕަގެ އެއްޗެއް ކަމަށް ހުކުމްކޮށްފި
މަޝްހޫރު މޮޑެލް، ފާތިމަތު ޒަޔާން، ނުވަތަ މަގުބޫލް ނަމުންނަމަ ކައިޒީން، އޭނާގެ ބައްޕައާ ދެކޮޅަށް ބޯޓެއްގެ މައްސަލައިގައި ކުރި ދައުވާ، ބައްޕައާ އެއްކޮޅަށް ކޯޓުން ނިމިއްޖެ އެވެ.

މިއީ ބޯޓެއްގެ މިލްކުވެރިކަން ހޯދަން ކައިޒީން އޭނާގެ ބައްޕައާ ދެކޮޅަށް ކުރި ދައުވާއެކެވެ. މި ބޯޓުގެ މައްސަލައިގައި ކުރިން ކައިޒީންވަނީ އޭނާގެ ބައްޕައާ ދެކޮޅަށް ހައިކޯޓަށްވެސް ގޮސްފައެވެ.

ކައިޒީން، އޭނާގެ ބައްޕައާ ދެކޮޅަށް ދައުވާކުރީ 3.6 މިލިއަން ރުފިޔާ ދީގެން ބައްޕަ ލައްވައި މިހިރީ ނަންބަރު 05 ނަމަކަށް ކިޔާ ބޯޓު ގަތުމުން، ކައިޒީންގެ ރުހުން ނެތި ބައްޕަގެ ނަމުގައި ބޯޓު ރަޖިސްޓަރީ ކުރި ކަމަށް ބުނެއެވެ. ކައިޒީން، ބައްޕައާ ދެކޮޅަށް ކުރި ދައުވާގައި އެދިފައި ވަނީ ބޯޓުގެ މިލްކުވެރި ފަރާތަކީ ކައިޒީން ކަމަށް ކަނޑައަޅައިދިނުމަށާއި ބޯޓުގެ ރަޖިސްޓަރީ އޭނާގެ ނަމަށް ބަދަލުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ މައްޗަށް އަމުރު ކޮށްދީ، ބޯޓު ކުއްޔަށް ދިނުމާއި ވިއްކާލުން މަނާކުރުމަށް އަމުރުކޮށްދިނުމަށެވެ.

އެހެންނަމަވެސް ސިވިލް ކޯޓުން މި މައްސަލައިގައި ކުރި ހުކުމްގައި ބުނެފައިވަނީ ބޯޓު ގަތުމަށް ކައިޒީން 3.6 މިލިއަން ރުފިޔާ ހަވާލުކުރި ކަމަށް ހެކިވެރިޔަކު ބައިވެރިވި ކަމަށް ބުނާއިރު ކައިޒީން ބައްޕައަށް ފައިސާ ދިން ގޮތާއި ދިން އަދަދު ހެކިވެރިޔާގެ ހެކިބަހުގައި ފައިސާ ދިން ގޮތާއި އަދަދުގެ ފުށުއެރުންތަކެއް ހުރުމުން، ހެކިވެރިޔާގެ ހެކިބަހާ މެދު ސުވާލު އުފެދޭތީ، އެ ބޯޓަކީ އެ އަދަދަށް ފައިސާ ދީގެން ކައިޒީން ގަނެފައިވާ ބޯޓެއްކަން މަދަނީ މިންގަނޑުން ސާބިތުނުވާ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް