ads
ރޮނާލްޑޯ
ރޮނާލްޑޯގެ މައްސަލަ ބަލަން ފަށައިފި
ސައުދީ ޕްރޯ ލީގުގައި ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗަށް ފަހު، ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަރާތުން ފެނުނު އަދަބާ ހިލާފު އަމަލުތަކުގެ މައްސަލަ ބަލަން ފަށައިފިއެވެ.

ސައުދީ ޕްރޯ ލީގުގެ ފޯރިގަދަ މެޗެއްގައި ހުކުރު ދުވަހު އަލް ޝަބާބު އަތުން 3-2 އިން އަލް ނަސްރު މޮޅުވި މެޗު ނިމުމުން ކްރިސްޓިއާނޯ ރޮނާލްޑޯއަށްވަނީ ދަނޑުގައި ތިބި ސަޕޯޓަރުންނާ ދިމާލަށް ހަޑި ވައްތަރުތަކެއް ޖައްސާފައެވެ. 

މިކަން ހިނގަން މެދުވެރިވީ އަލްޝަބާބުގެ ސަޕޯޓަރުން މެސީގެ ނަމުން މުޅި ދަނޑު ގުގުމާލުމުން އެކަމަށް ރައްދު ދިނުމުގެ ގޮތުންނެވެ. މި މައްސަލަ ޑިސިޕްލިނަރީ ކޮމިޓިން ބަލަން ފަށާފައިވާއިރު، އޭނާއަށް ހަރުކަށި އަދަބު ދިނުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

ހަޑި ވައްތަރުތައް ޖައްސާ ސޯޝަލް މީޑިއާގައި އާއްމުވެފައިވާއިރު، އުމުރުން 39 އަހަރުގެ ރޮނާލްޑޯއަށް މީގެ ކުރިންވެސް މިފަދަ ފާޑުކިޔުންތަކެއް ވަނީ ކުރިމަތިވެފައެވެ. 

މިދިޔަ އަހަރުގެ އޭޕްރީލް މަހު ލީގުގައި އަލް ހިލާލްއާ ދެކޮޅަށް ކުޅުނު މެޗު ނިމުމުންވެސް މިފަދަ އަމަލުތަކެއް ރޮނާލްޑޯގެ ފަރާތުން ފެނިފައިވެއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް