ads
ޑަމް ލަގާ ކޭ ހައިޝާ
ޑަމް ލަގާ ކޭ ހައިޝާ އަށް 9 އަހަރު ފުރިއްޖެ
ފެބްރުއަރީ 27 ވަނަ ދުވަހަކީ އަޔޫޝްމާން ހުރާނާ އާއި ބޫމީ ލީޑް ރޯލުން ފެނިގެންދިޔަ ޑަމް ލަގާ ކޭ ހައިޝާ އަށް 9 އަހަރު ފުރޭ ދުވަހެވެ.

މި މުހިންމު ދުވަސް ފާހަގަ ކުރަމުން ބޫމީ ވަނީ އިންސްޓަގްރާމްއަށް އޭނާގެ ރިހާސަލް ފޫޓޭޖާއި ފިލްމުގެ މަންޒަރުތަކާއި އެހެނިހެން ވީޑިއޯ ހިއްސާކޮށްފަ އެވެ.

2015 ވަނަ އަހަރު ޑަމް ލަގާ ކޭ ހައިޝާ އިން ފުރަތަމަ ފަހަރަށް ފެނިގެން ދިޔަ ބޫމީ ޕެޑްނޭކާ އޭގެ ފަހުން އޭނާގެ ޕާފޯމަންސް ތަކުން ބެލުންތެރިންގެ ހިތްތައް އަތުލައިގަތެވެ.

މި އިންޑަސްޓްރީގައި އޭނަ ހޭދަކުރި ނުވަ އަހަރުގެ ދަތުރުގައި ކެރިއާއަށްޓަކައި އޭނާގެ ހަށިގަނޑަށް ވަނީ އެތައް ބަދަލުތަކެއް ގެނަސްފަ އެވެ. ބޫމީ ހާމަކުރި ގޮތުގައި އެކްޓިން އަކީ އޭނާ ހަގީގަތަކަށް ބަދަލުކުރި ކުޑައިރުގެ ހުވަފެނެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް