ads
ސާރާ އާއި އަދީތްޔާ މެޓްރޯ އިން ޑިނޯގެ ޝޫޓިން ނިންމާލައިފި
ސާރާ އަލީ ހާން އާއި އަދީތްޔާ ރޯއީ ކަޕޫރު ދާދި ފަހުން ވަނީ އަނޫރާގް ބާސޫގެ ފިލްމު މެޓްރޯ އިން ޑިނޯގެ ޝޫޓިން ދިއްލީ އެންސީއާރުގައި ނިންމާލާފަ އެވެ.

ދެ އެކްޓަރުން ވެސް ކޮނަޓް ޕްލޭސް، މަންޑީ ހައުސް، ހައުޒް ޚާސް ފަދަ މަޝްހޫރު އެކި ތަންތަނުގައި ފިލްމު ކުޅެމުން ދިޔަތަން ފެނިފައިވާއިރު، ގުރޫގްރާމްގައި މެޓްރޯގެ ބައެއް ވެސް ޝޫޓްކޮށްފައިވެ އެވެ.

މީގެ އިތުރުން އަނޫރާގް ބާސޫ ޑައިރެކްޓް ކުރާ މެޓްރޯ އިން ޑިނޯގެ ލީޑް ރޯލުން ފެނިގެން ދާނީ އަނޫޕަމް ޚޭރް، ނީނާ ގުޕްތާ، ޕަންކަޖް ޓްރިޕާތީ، ކޮންކޮނާ ސެން ޝަރްމާ، އަލީ ފަޒާލް، އަދި ފާތިމަތު ސަނާ ޝައިޚް އެވެ.

މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް