ads
ދީޕިކާ ބަނޑުބޮޑު ކަން އިއުލާނުކޮށްފި
ބޮލީވުޑްގެ މަޝްހޫރު އެއް ޖޯޑުމަކަށްވާ ރަންވީރު ސިންގް އާއި ދީޕިކާ ޕަދުކޯން އެމީހުންގެ ފުރަތަމަ ދަރިފުޅަށް ބަލިވެ އިންކަން މިއަދު އިންސްޓަގްރާމްގައި އިއުލާން ކޮށްފި އެވެ.

ހަ އަހަރު ދުވަހު ޑޭޓްކުރުމަށްފަހު ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް ކައިވެނި ކުރީ 2018 ވަނަ އަހަރުގަ އެވެ. އެމީހުން ލިޔެފައިވަނީ އެމީހުންގެ ދަރިފުޅު އުފަންވަނީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ކަމަށެވެ.

ދީޕިކާ ޕަދުކޯންގެ ކުރިއަށް އޮތް ފިލްމުތަކަކީ ސިންގްހަމް އަގެއިން އާއި ކަލްކީ އޭޑީ 2898 އެވެ. އަދި މި ޝޫޓިންތައް މިހާރު ވަނީ ނިންމާލާފަ އެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއް ގައި ދީޕިކާ ވަނީ ރަންވީރު ސިންގް އާއި އެކު ވަރަށް އަވަހަށް އާއިލާއެއް ފަށާނެ ކަމުގެ އިޝާރާތެއްވެސް ކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް