ads
ޑްރަގު ނައްތާލާ ތަަނަށް ދާން އާއްމުންނަށް މި ސަރުކާރުންވެސް ފުރުސަތު ދެނީ
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތި ނައްތާލާތަން އޮބްޒާވުކުރުމަށް ދާން ބޭނުންވާ އާންމު ރައްޔިތުންނަށް އެފުރުސަތު ދިވެހި ފުލުހުން ހުޅުވާލައިފި އެވެ.

ފުލުހުން ބުނީ އެ އިދާރާގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި ނައްތާލުން އަންނަ އާދިއްތަ ދުވަހު ހެނދުނު ދޫނީދޫގައި އޮންނާނެކަމަށެވެ. 

މި މަސްތުވާތަކެތި ނައްތާލާތަން ބަލަން ބޭނުންވާ އާންމު ރައްޔިތުންނަށް އެތަން ދިޔުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު މާދަމާރޭ 22:00 ހުޅުވާލާފައިވާކަމަށް ފުލުހުން ބުނެ އެވެ. 

މިކަމުގައި ބައިވެރިވާން ބޭނުންވާ މީހުން އެމީހެއްގެ ފުރިހަމާ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، ގުޅޭނެ ފޯނު ނަންބަރު އެނގޭނޭހެން، ޕޮލިސް މީޑިއާ މެއިލް [email protected] މެއިލް ކުރުމަށް ފުލުހުން އެދެ އެވެ. އަދި ފުރުސަތު ދޭނީ މެއިލްކުރާ ތަރުތީބުން ކަނޑައެޅޭ ވަކި މިންވަރަކަށްކަމަށްވެސް ދިވެހި ފުލުހުންގެ އިދާރާއިން ބުނެ އެވެ. 

ފުލުހުން އަތުލައިގަންނަ މަސްތުވާތަކެތި ނައްތާލާތަން އޮބްޒާވްކުރުމުގެ ފުރުސަތު އާއްމުންނަށް ދޭން ފެށީ މިދިޔަ ސަރުކާރުންނެވެ. އެގޮތުން 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހު މިދިޔަ ސަރުކާރުން ފުރަތަމަ ފަހަރަށް ނައްތާލި 300 ކިލޯގެ ޑްރަގްސް ނައްތާލުމުގެ ހަރަަކާތުގައި އާއްމުން ވަނީ އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް