ads
ގޯލްމާލް 5 ދެ އަހަރު ތެރޭ ރިލީޒްކުރަނީ
ގޯލްމާލް 5 ދެއަހަރު ދުވަސް ތެރޭގައި ރިލީޒް ކުރާނެ ކަމަށް ފިލްމު ފްރެންޗައިސްގެ ޑައިރެކްޓަރު ރޯހިތު ޝެޓީ ބުނެފި އެވެ.

ގޯލްމާލް އަކީ ބޮޑު އެއް ފިލްމު ފްރެންޗައިޒް އެކެވެ. މިފިލްމަކީ ގިނަ ފޭން ބޭސްއެއް ލިބިފައިވާ އެއް ފިލްމެވެ. ގޯލްމާލްގެ ހަތަރު ފިލްމަކީވެސް ބެލުންތެރިންގެ މެދުގައި އެހާމެ މަޝްހޫރުކަން ހޯދާފައިވާ ފިލްމުތަކެކެވެ.

މިހާރު އެންމެން އިންތިޒާރު ކުރަނީ ގޯލްމާލް 5 އަވަހަށް ރިލީޒް ކުރާނެ ދުވަހަކަށެވެ.

ދާދި ފަހުން ރޯހިތު ޝެޓީ ވަނީ އޭނާގެ ވެބް ސީރީޒް "އިންޑިއަން ޕޮލިސް ފޯސް" ޕްރޮމޯޓް ކުރަމުން ދަނިކޮށް ގޯލްމާލް 5 އާ ބެހޭ ގޮތުން ވާހަކަ ދައްކާފައެވެ. އެގޮތުން އޭނާ ވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި ފިލްމު ރިލީޒް ކުރާނެ ކަމަށް ބުނެފައެވެ.

ގޯލްމާލް ފިލްމުތަކުން ފެނިގެން ދިޔައީ އަޖޭ ދޭވްގަން، އަރްޝަދު ވާސީ، ޓޫޝާރު ކަޕޫރު، ޝްރެޔާސް ތަލްޕާޑޭ، ކުނާލް ކެމްމޫ ފަދަ ތަރިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް