ads
ރޯދައަށް ފިޔާ، އަލުވި، ބިސް އެސްޓީއޯއިން ގެނެސް ބާޒާރަށް ނެރެފި
ރޯދަމަހަށް ފިޔާ، އަލުވި، ބިސް އެސްޓިއޯއިން ގެނެސް އެތަކެތި ބާޒާރަށް ނެރެފިއެވެ.

ކޮންމެ އަހަރެއްގެ ރޯދަމާއި ދިމާކޮށް އެންމަ އަގު މައްޗަށް އުފުލޭ ތަކެތީގެ ތެރޭގައި ފިޔާ، ބިސް އަދި އަލުވި ހިމެނެއެވެ. މި ތަކެތީގެ އަގު ހިފެއްހެއްޓުމަށް އެސްޓިއޯއިން ކޮންމެ އަހަރަކުވެސް އަންނަނީ ރޯދައާއި ދިމާކޮށް މިތަކެތި ރާއްޖެ ގެންނަމުންނެވެ. 

އެސްޓިއޯއިން ބުނީ މިފަހަރު ރޯދަމަހަށް ފިޔާ، ބިސް އަދި އަލުވީގެ ފުރަތަމަ ޝިޕްމެންޓް ރާއްޖެ ގެނެސް ބާޒާރަށް ނެރެފައިވާކަމަށެވެ. އެކުންފުނިން  ވަނީ މިތަކެތި ލިބެން ހުންނާނެ އަގުވެސް އާއްމުކޮށްފައެވެ. އެ ކުންފުނިން ބުނީ މިތަކެތީގެ އަގު އުފުލަ ނުދީ ރޯދަމަހު ހިފަހައްޓާނެކަމަށެވެ. 

އެސްޓިއޯއިން ވިއްކާ އަގުތައް 

  • ފިޔާ ކިލޯއެއް -/20ރ
  • އަލުވި ކިލޯއެއް -/15ރ
  • ބިހެއް -/1.75 ރ

ރޯދަމަހަށް ހަފްތާއަކަށް ގާތްވެފައިވާއިރު މިހާރުވެސް ބަޒާރުގައއި ތަކެތީގެ އަގު ވަނީ އުފުލެން ފަށާފައެވެ. ބާޒާރުގައި ލުނބޯގެ އަގު ބޮޑުވެގެން އަންނަކަން ފާހަގަކުރެވޭތީ އެކަން ހައްލުކުރުމަށް ލުނބޯގެ ޝިޕްމެންޓެއް ގެނައިމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް އެސްޓިއޯއިން ބުނެއެވެ. 

your imageބާޒާރުގައި ތަކެތީގެ އަގު އުފުލެން ފަށާފައިވާއިރު ލިނބޯ ކިލޯއެއް ލިބެން ހުރީ 100 ރުފިޔާއަށް 

އެސްޓީއޯއިން ބުނީ ފިޔާ، ބިސް އަލުވި ވަކިން ގަންނަން ބޭނުންވާ ފަރާތްތަކަށް އެތަކެތި އެ ކުންފުނީގެ ޕީޕަލްސް ޗޮއިސް ލިބެން ހުންނާނެކަމަށެވެ. އަދި ހޯލްސޭލްކޮށް ވިއްކަމުން ގެންދާނީ އެ ކުންފުނީގެ ހޯލްސޭލް ސެންޓަރުން، އެސްޓީއޯ އިންޑަސްޓްރިއަލް ވިލޭޖުންކަމަށެވެ. އަދި އަތޮޅުތެރޭގެ 11 ސަރަހަދެއްގައި ގާއިމްކުރެވިފައިވާ އެސްޓީއޯގެ 11 ފިހާރައަކަށް މި ތަކެތި ފޮނުވާ އެހެން ރަށްރަށަށް ފޯރުކޮށް ދިނުމުގައި އެހީތެރިވާނެކަމަށްވެސް އެސްޓިއޯއިން ބުނެއެވެ. 

މިހާރު ބާޒާރުގައި ހުރި އަގުތައް 

  • ފިޔާ ކިލޯއެއް -/25ރ
  • އަލުވި ކިލޯއެއް -/14ރ
  • ބިހެއް -/2 ރ

ރޯދަމަހަށް ބާޒާރުގައި ކާބޯތަކެތީގެ އަގު ބޮޑުވިޔަ ނުދިނުމަށް ހިފެހެއްޓުމަށް ފިޔަވަޅު އަޅާނެކަަން އިކޮނޮމިކް މިނިސްޓްރީންވެސް ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް