ads
އެއާ އެމްބިއުލާންސަށް ބަދަލުކުރި ބ
އެއާ އެމްބިއުލާންސަށް ބަދަލުކުރީ ޝެޑުއިލް ދަތުރުތައް ކުރަމުން އައި ބޯޓެއް: މޯލްޑިވިއަން
އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރަން ފެށީ ކުރިން ޝެޑިއުލް ދަތުރުތަކުގައި ބޭނުންކުރަމުން އައި ބޯޓެއްކަމަށް މޯލްޑިވިއަނުން ބުނެފިއެވެ.

އެ ކުންފުނިން މިހެން ބުނެފައި މިވަނީ އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރަން ތައްޔާރުކުރި ބޯޓަކީ މިހާރު އުފެއްދުން ހުއްޓާލާފައި މޮޑެލެއްގެ ބޯޓެއްކަމަށް ބުނެ އޭގެ ސަލާމަތީ ކަންކަމާއި މެދު ސުވާލު އުފައްދާ ސޯޝަލް މީޑިއާގައި ފާޑުކިޔަމުން ދަނިކޮށެވެ. 

މޯލްޑިވިއަނުން ބުނީ އެއާ އެމްބިއުލާންސްގެ ގޮތުގައި ތައްޔާރުކުރި ބޯޓަކީ އެ ކުންފުނީގެ ޝެޑިއުލް ދަތުރުތަކުގައި ބޭނުންކުރަމުން ދިޔަ ބޯޓެއްކަމަށެވެ. އަދި އެ ބޯޓަކީ ސަލާމަތީ ގޮތުން ރައްކާތެރި ބޯޓެއްކަމަށެވެ. 

އެއާ އެމްބިއުލާންސްގެ ގޮތުގައި ބޯޓް ތައްޔާރުކޮށްފައިވަނީ އެމަރޖެންސީ ފަރުވާ އޭގައި ދޭވޭ ގޮތަށް މެޑިކަލް އިކުއިޕްމެންޓް ހަރުކޮށްގެންކަމަށް މޯލްޑިވިއަނުން ބުނެއެވެ. އަދި މަތިންދާބޯޓް ދުއްވުމުގައި އަބަދުވެސް އެންމެ އިސްކަންދޭނީ ކްރޫންނާއި ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް މޯލްޑިވިއަނުން ބުނެއެވެ.

ދެ ބޯޓާއެކު ދިވެހި ސަރުކާރުގެ އަމިއްލަ ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިިދުމަތް ރަސްމީކޮށް ފެށީ އިއްޔެއެވެ.  

މީގެ ކުރިން ރާއްޖޭގެ އެކި ރަށްރަށުން ބަލި މީހުން އުފުލަން ބޭނުން ކުރަނީ މޯލްޑިވިއަންގެ ޗާޓަރު ފްލައިޓްތަކާއި އިންޑިއާގެ ވައިގެ އުޅަނދުތަކެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް ބޭނުންކުރަނީ މޯލްޑިވިއަންގެ ޑޭޝް 8-200 މަރުކާގެ ބޯޓަކާއި ސީޕްލޭނެކެވެ. ސީޕްލޭން ބޭނުން ކުރާނީ ދުވާލު ވަގުތު އެވެ. ސީޕްލޭންގެ އޮތް ފަސޭހަ އަކީ ކޮންމެ ރަށަކަށް ވެސް ފަސޭހައިން ކައިރި ކުރެވުމެވެ.

މި ދެ ބޯޓުގައި ވަނީ އެމަޖެންސީ ހާލަތުގައި ބަލި މީހަކަށް ފަރުވާ ދިނުމަށް ބޭނުންވާ ވަސީލަތްތަކާއި އާލާތްތައް ގާއިމުކޮށްފަ އެވެ.

މި ހިދުމަތް 24 ގަޑިއިރު ދިނުމަށް ހަމަޖެހިފައިވާއިރު ކުއްލި ހާލަތްތަކުގައި ފަރުވާ ބޭނުންވާ މީހާއަށް ފުރަތަމަ އަވަސް ފަރުވާ ދިނުމަށް ހަމަޖެހިފައިވަނީ ބަލި މީހާ އެވަގުތު އޮތް ހިސާބާ އެންމެ ގާތުގައި ހުންނަ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ގެންގޮސްގެންނެވެ.

ހެލްތު މިނިސްޓްރީން ބުނީ  ހިދުމަތް ދޭން ފެށި އެއާ އެމްބިއުލާންސްގައި ހިދުމަތް ދިނުމަށް 15 މީހަކު ތަމްރީންކޮށްފައިވާ ކަމަށެވެ. މީގެތެރޭގައި ހިމެނެނީ ފަސް ޑޮކްޓަރަކާއި ފަސް ނަރުހަކާއި މެޑިކަލް ޓެކްނީޝަނުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް