ads
އޭދަފުށި - ތިމަރަފުށި މެޗުގެ ތެރެއިން
ތިންތަރި ޖެހި ތިމަރަފުށީ ސައިޒަށް ކެނޑީ އޭދަފުށިން
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ތިމަރަފުށި، މުބާރާތުން ކަޓައިފިއެވެ.

މުބާރާތުގެ ޗެމްޕިއަންކަން ކުރިން ތިން ފަހަރު ހޯދާފައިވާ ތިމަރަފުށި މުބާރާތުން ކެޓީ ރޭ އޭދަފުށީ އަތުން ބަލިވެގެންނެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ތ. ތިމަރަފުށި ޕެނަލްޓީގައި އޭދަފުށީ އަތުން ބަލިވީ 7-6 ގެ ނަތީޖާއަކުން ނެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ، 3-3 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. އޭދަފުށްޓަށް ލަނޑުތައް ޖަހައިދިނީ މުހައްމަދު ފާސިރު (ފާއްޓެ) އަދި ނިސާމް މުހައްމަދު ރަޝީދު (ޕޮގްބާ) އެވެ. ފާއްޓޭ ދެ ލަނޑު ޖެހިއެވެ. ތިމަރަފުށީގެ ލަނޑުތައް ޖެހީ މުހައްމަދު އަފްލާޒް، އިސްމާއީލް މުނީޒް (ޓްރީ) އަދި ކެޕްޓަން އިބްރާހީމް ސިނާހް (ސިނާ) އެވެ.

ޕެނަލްޓީގައި ތިމަރަފުށީގެ އާދަމް ނާސިހް (އާދަންނަ) އާއި މުހައްމަދު ތޯހިރު ފޮނުވާލި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ. އަދި އޭދަފުށިން ނާކާމިޔާބުވީ ފާއްޑެގެ ޕެނަލްޓީ އެވެ.

ބ. އޭދަފުށިން ސެމީ ފައިނަލުގައި ނުކުންނަން ޖެހޭނީ ގާފަރާ ދެކޮޅަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް