ads
އީސީގެ ރައީސް ފުއާދު ތައުފީގް
އިންތިހާބު 21 އޭޕްރިލް އަށް ވުރެން ލަސްކުރެވޭކަށް ނެތް: ފުއާދު
20 ވަނަ މަޖިލިސް އިންތިހާބު އަންނަ އޭޕްރިލް 21 އަށް ވުރެން ލަސްކުރެވޭކަށް ނެތްކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފުއާދު ވިދާޅުވީ އޭޕްރީލް 21ވާ އާދިއްތަ ދުވަހަކީ ރޯދަ މަސް ނިމިގެން 10 ދުވަސް ދިނުމަށް ފަހު ލިބޭ ފުރަތަމަ ދުވަސް ކަމަށެވެ. 

އަދި މިދުވަހު ވޯޓުލުން ކުރިއަށް ގެންދަވަން ނިންމެވީ މިދުވަހަށްވުރެ އިތުރަށް ލަސްކޮށްފިނަމަ ގާނޫންގައިވާ ގޮތަށް މިހާރު އޮތް މަޖިލިސް އުވުމުގެ 1 މަސް ދުވަސް ކުރިން އައު މަޖިލިސް ނުހޮވިދާނެތީ ކަމަށް ފުއާދު ވިދާޅުވިއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އަންނަ އޭޕްރީލްމަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (‏އީސީ) މިހާރު ވަނީ ނިންމާފައި އެވެ،

ކުރިން ރޯދަ މަހު ބާއްވަން ހަމަޖެހިފައި އޮތް އިންތިހާބު ފަސްކުރަން އީސީން ނިންމީ އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނަށް ރައްޔިތުންގެ މަޖިލިހުން ގެނައި އިސްލާހު ރައީީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވުމާއި ގުޅިގެންނެވެ.

މަޖިލިސް އިންތިހާބު އާދިއްތަ ދުވަހެއްގައި ބާއްވަނީ ސަރުކާރުގެ ނުފޫޒުން ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ވަނީ ރޭ ތުހުމަތު ކުރައްވާފައެވެ. އަދި އެ ނުފޫޒުގައި އިލެކްޝަންސް ކޮމިޝަނުން ނުޖެހުމަށް ސޯލިހު ގޮވާލައްވާފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް