ads
އިންތިހާބެއްގައި ވޯޓްލަނީ
އިންތިހާބަށްޓަކައި އޭޕްރިލް 21-22 ބަންދުކޮށްދިނުމަށް ރައީސް އޮފީހުގައި އެދޭނަން: ހަބީބް
މިއަންނަ މަހުގެ 21-22 ބަންދުކޮށްދިނުމަށް ރައީސް އޮފީހުގައި އެދޭނެ ކަމަށް އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެ އެވެ. އިންތިހާބަށް އޭޕްރިލް 21-22 ބަންދު ކުރަން އެދެނީ

ހަބީބް "ސީއެންއެމް" އަށް ވިދާޅުވީ މިއަންނަ މަހުގެ 21 ވަނަ ދުވަހު އޮންނަ މަޖިލިސް އިންތިހާބާއި ގުޅިގެން 21 ވަނަ ދުވަހާއި 22 ވަނަ ދުވަސް ބަންދުކުރަން މިއަދުގެ ވަގުތެއްގައި ރައީސް އޮފީހުގައި އެދޭނެ ކަމަށެވެ.

ރޯދަމަހު އިންތިހާބު ނުބޭއްވޭހެން ގެނައި އިސްލާހު ރައީސް ޑރ. މުޙައްމަދު މުއިއްޒު އެންމެ ފަހުން ހުކުރު ދުވަހު ތަސްދީގުކުރެއްވުމާއެކު، ކުރިން މި މަހު 17ގައި ބާއްވަން އޮތް އިންތިހާބުވަނީ ފަސްކުރެވިފައި އެވެ.

އެގޮތުން އެ ދުވަހުގެ ރޭ އިލެކްޝަންސް ކޮމިޝަނުން ނިންމީ އަންނަ މަހު 21ގައި އިންތިިހާބު ބާއްވާށެވެ. އެއީ އާދިއްތަ ދުވަހެވެ.

އާދިއްތަ ދުވަހެއްގައި އިންތިހާބު ބާއްވަން ނިންމުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ އީސީ އަށް ފާޑު ކިޔަން ފަށާފައި އެވެ. މިކަމާއި ގުޅިގެން އީސީގެ ރައީސް ފުއާދު ތައުފީގު ވަނީ އިއްޔެ އެކްސްގައި ޕޯސްޓެއް ކުރައްވާފައި އެވެ.

އެ ޕޯސްޓުގައި 20 ވަނަ މަޖިލިސް އިންތިހާބު އަންނަ އޭޕްރިލް 21 އަށް ވުރެން ލަސްކުރެވޭކަށް ނެތްކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވި އެވެ.

އަދި މިދުވަހު ވޯޓުލުން ކުރިއަށް ގެންދަވަން ނިންމެވީ މިދުވަހަށްވުރެ އިތުރަށް ލަސްކޮށްފިނަމަ ގާނޫންގައިވާ ގޮތަށް މިހާރު އޮތް މަޖިލިސް އުވުމުގެ 1 މަސް ދުވަސް ކުރިން އައު މަޖިލިސް ނުހޮވިދާނެތީ ކަމަށް ފުއާދު ވިދާޅުވި އެވެ.

ފުއާދު މި ގޮތަށް ވިދާޅުވެފައިވާ އިރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރައްވާފައި އެވެ.

ރައީސް ސޯލިހު ތުހުމަތު ކުރެއްވި ގޮތުގައި ރޯދަމަހު އިންތިހާބު ނުބޭއްވޭހެން ގެނައި އިސްލާހު ރައީސް ޑރ. މުއިއްޒު އެންމެ ފަހުން ތަސްދީގުކުރެއްވުމާއެކު، ފަސްކުރަންޖެހުނު މަޖިލިސް އިންތިހާބު އެޕްރީލް 21ވާ، އާދިއްތަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމީ، ރައީސް ޑރ. މުއިއްޒުގެ ނުފޫޒާއެކުކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް