ads
ޖަޔާ ޝަންކަރު
ރައީސް ދެއްކެވި ވާހަކަ އަށް ޖައިޝަންކަރު ރައްދު ދީފި
އިންޑިއާއާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކައަށް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ނުސީދާކޮށް ރައްދު ދެއްވައިފި އެވެ.

އިންޑިއާގެ ދިއްލީގައި ފޮތެއް ލޯންޗުކުރި ރަސްމިއްޔާތެއްގައި އާންމުންގެ މީހަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޖައިޝަންކަރު ވިދާޅުވީ ގަނާ ކުރާ ގައުމުތަކުން، ހާލުގައި އޮތް އަވަށްޓެރި ގައުމުތަކަށް 4.5 ބިލިއަން ޑޮލަރެ އެހީ ނުދޭނެ ކަމަށެވެ. 

އިންޑިއާއިން އަބަދު ވެސް އަވަށްޓެރި ގައުމުތަކަށް އެންމެ އެހީ ބޭނުންވާ ދަނޑިވަޅުތަކުގައި އެހީވަމުން ކަމަށާއި، އެގޮތުގައި އިންޑިއާ ދެމި އޮންނާނެ ކަމަށް ވެސް ޖައިޝަންކަރު ވިދާޅުވި އެވެ. 

"ގަނާ ކުރާ ގައުމުތަކުން ކޮވިޑް ވެކްސިން ފޯރުކޮށްދީ އަދި ދުނިޔޭގައި އެކި ކަންކޮޅުގައި ހަނގުރާމަތައް ކުރިޔަށްދާއިރު ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދައިދޭން މަސައްކަތް ނުކޮށްދޭނެ" ޖައިޝަންކަރު ވިދާޅުވި އެވެ.

ޖަޔާ ޝަންކަރު މިހެން ވިދާޅުވެފައިވާ އިރު ރާއްޖެއަކީ ކުޑަ ގައުމަކަށް ވިޔަސް ބޭނުން ގޮތެއް ހެދިޔަ ނުދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައި އެވެ. 

ޗައިނާއަށް ކުރެއްވި ދަތުރުފުޅަށް ފަހު އެ ދަތުރުގެ މައުލޫމާތު ދެއްވުމަށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ދެއްވި ޕްރެސް ބްރީފިންގައި ރައީސް މުއިއްޒު ވިދާޅުވީ ރާއްޖެ އުފެދިފައިވާ ގޮތުން ކުޑަވުމަކީ "ބުލީ" ކުރުމަށް އޮތް ހުއްދައެއް ނޫންކަމުގައި އެވެ. 

ރާއްޖެއިން އިންޑިއާއަށް ބަރޯސާވެގެން މިހާރު ކުރާ ވަރަށް ގިނަ ކަންކަމުގައި އެ ނޫން ގޮތްތަކެއް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާކަން އިއުލާން ކުރެއްވުމަށް ފަހު، އިނގިރޭސި ބަހުން ރައީސް ވިދާޅުވީ، "ވީ މޭ ބީ ސްމޯލް، ބަޓް ދެޓް ޑަސަންޓް ގިވު ޔޫ ދަ ލައިސެންސް ޓު ބުލީ އަސް" ކަމަށެވެ.

ދިވެހި ރާއްޖެއަކީ މިނިވަން، މުސްތަގިއްލު ގައުމެއް ކަމަށް އެ މަނިކުފާނު ފާހަގަ ކުރެއްވާފައި ވެއެވެ  

އެއާ އެކު، ރައީސް ދެން ވިދާޅުވެފައި ވަނީ ، ރާއްޖެ އަކީ "ވަކި ގައުމެއްގެ ބެކްޔާޑްގައި އޮތް ގައުމެއް ނޫން" ކަމަށާއި މިއީ މިނިވަން، މުސްތަގިއްލު ގައުމެއް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް