ads
ފުލުހުން މީގެ ކުރިން އަތުލައިގަތް ޑްރަގްސް ނައްތާލަނީ. -- ފޮޓޯ: ޕޮލިސް
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 103 ކިލޯގެ މަސްތުވާތަކެތި ނައްތާލައިފި
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 103 ކިލޯގެ މަސްތުވާތަކެތި - 425 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ނައްތާލައިފި އެވެ.

މަސްތުވާތަކެތި ނައްތާލުމުގައި ގެންގުޅޭ އުސޫލުތަކަށް އެންމެ ފަހުން ގެނެސްފައިވާ ބަދަލުތަކާއެކު، އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތީގެ ތެރެއިން އެ މައްސަލައެއް ތަހުގީގު ކުރުމަށް ގާނޫނީގޮތުން ބެހެއްޓުމަށް ލާޒިމުކުރާ މިންވަރަށް ބެހެއްޓުމަށްފަހު ބާކީ ހުންނަ މަސްތުވާތަކެތި ވީއެންމެ އަވަހަކަށް ނައްތާލައެވެ.

ނައްތާލި މަސްތުވާތަކެތީގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ހެރޮއިން އާއި، ކެނަބިސްއާއި ކޮކެއިން އެވެ. މީގެއިތުރުން މެތް، ކެނިނޯން، ކެޓަމިން އަދި އެލްއެސްޑީވެސް ހިމެނެ އެވެ.

your imageފުލުހުން މީގެ ކުރިން އަތުލައިގަތް ޑްރަގްސް ނައްތާލުމުގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާނާއިއެކު ފުލުހުންގެ އިސް ވެރިން ހަރަކާތްތެރިވަނީ. -- ފޮޓޯ: ޕޮލިސް

ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން މީގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މިފަސް އަހަރުގެ ތެރޭގައި މަސްތުވާތަކެތީގެ މުޅި މައްސަލައަށް ދާއިމީ ހައްލެއް ހޯދުން ކަމަށެވެ.

މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި، ދާޚިލި ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު އަލީ އިހުސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ފަރުހާދު ފިކުރީ އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު ބައެއް އޮފިސަރުން ބައިވެލިވެލެއްވި އެވެ.

އޭގެ އިތުރުން ނޫސްވެރިންނާއި، މި ހަރަކާތުގައި ބައިވެރިވުމަށް ނަންނޯޓު ކުރުުމަށް ހުޅުވާލި ފުރުސަތުގައި ނަންނޯޓު ކުރި އާންމު ރައްޔިތުން ވެސް ބައިވެރިވި އެވެ.

ފުލުހުން އިއްޔެ ނައްތާލި 958 މައްސަލައިގައި ހިމެނޭ މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ 8،293 ރަބަރު ޕެކަޓާއި، 2،731 ސެލޯފިންކޮޅާއި، ފިލްމު ހުސްކުރި 237 ދަޅާއި، 585 ބުލެޓާއި، 30 ބިޑި އެވެ. މަސްތުވާތަކެތީގެ ބާވަތްތައް އަޅާފައި ހުރި އެހެން ބައެއް ތަކެތިވެސް ފުލުހުންގެ ބެލުމުގެ ދަށުގައި އެބަހުއްޓެވެ.

ނައްތާލި 125 ކިލޯގެ ތެރޭގައި އެންމެ ގިނައީ ހެރޮއިންނެވެ. ކެނަބިސް ވެސް ގިނަ އަދަދަކަށް ނައްތާލި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް